ވިޔަފާރި

މި އަހަރުގެ މިހާތަނަށް 6 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން

ފާތިމަތު އަފްނާން ، ދެން އޮންލައިން
ދެ މިލިއަން ވަނަ ޓޫރިސްޓަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ --

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 600،000 އަށްވުރެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

Ads by PNC

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 653,513 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން ޖުމްލަ 95,457 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މާކެޓްގެ 14.9 އިންސައްތައެވެ.

ގިނައިން ޓޫރިސްޓުން އައި ގައުމުތައް

ރަޝިއާ - 80,143 ފަތުރުވެރިން (12.5%)
ޔޫކޭ - 61,786 ފަތުރުވެރިން (9.7%)
އިޓަލީ- 57,388 ފަތުރުވެރިން (9.0%)
ޖަރުމަނުވިލާތް- 43,984 ފަތުރުވެރިން (6.9%)

މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 67,663 އެނދު ވަނީ އޮޕަރޭޝަނަށް ނެރެފައެވެ.

ރިސޯޓްތައް - 180 ރިސޯޓް (45,035 އެނދު)
ގެސްޓްހައުސް - 931 ތަން (16,509 އެނދު)
ސަފާރީ އުޅަނދު - 172 އުޅަނދު (3,507 އެނދު)
ހޮޓާ - 16 ތަން (2,612 އެނދު)

އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ރާއްޖެ އައި ޓޫރިސްޓުންގެ 97.1% އެވެ. ކަނޑުގެ ބަނދަރުތަކުން އެތެރެވީ 1.6% ފަތުރުވެރިންނެވެ.

Ads by Allied Insurance