ވިޔަފާރި

ރާއްޖެ އަންނަ ސުޕަޔޮޓް އިތުރު ކުރަން ފެއާއެއްގައި ބައިވެރިވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖޭގެ ކްރޮސްރޯޑުގައި ސުޕަޔޮޓްތަކެއް : ފޮޓޯ ޖަްލްބޫޓް

ރާއްޖެއަށް އަންނަ ސުޕަޔޮޓް އިތުރު ކުރަން ފުރަތަމަ ފަހަރަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ)އިން ދުނިޔޭގެ ބޮޑު ފެއާއެއްގައި ބައިވެރިވެއްޖެއެވެ.

Ads by Allied

ރާއްޖޭގެ ރަސްމީ މާކެޓިން ކުންފުނި ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ ފުރަތަމަ "ސުޕަޔޮޓް ޕްރޮމޯޝަން ކެމްޕޭން"ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ކެމްޕޭން ނިންމާލާފައިވަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ޔޮޓް މަޢުރަޒު ކަމަށްވާ މައިބާ ޗާޓަ ޝޯވ އަދި މޮނާކޯ ޔޮޓް ޝޯވގައި ބައިވެރިވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރިއަށް ދިޔަ މި ސުޕަޔޮޓް ޝޯގައި ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށްފައިވެއެވެ.

އެ ކުންފުނިން ބުނީ މި ޝޯގެ ބޭނުމަކީ މުއްސަނދި ފަރުދުންނާއި، ޔޮޓްތަކުގެ ވެރިން، ބްރޯކަރުން އަދި ސިނާޢަތުގެ މުހިންމު ފަރާތްތަކާ ގާތް ގުޅުމެއް ގާއިމުކުރެވުނެވެ.

"ސުޕަޔޮޓް ޑެސްޓިނޭޝަން މޯލްޑިވްސް"ޝިއާރުގެ ދަށުން ޑިޖިޓަލް މީޑިއާއާއި ފިޒިކަލް އިވެންޓްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކޮށްފައިވެއެވެ. މި ޝޯވްގަ ޔޮޓް ކެޕްޓަނުންނާއި ބްރޯކަރުންނަށް އަމާޒުކޮށްގެން ޚާއްޞަ މާކެޓިންގ މެޓީރިއަލްތަކާއި "މިނީ ބްރޯޝާ"ފޯރުކޮށްދީފައިވެއެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ބައިވެރިވުމަކީ ސުޕަޔޮޓް ދާއިރާގައި ރާއްޖޭގެ މަޤާމު ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކެމްޕޭނުގެ ސަބަބުން ރާއްޖެއާ ބެހޭގޮތުން ކުރެވޭ ސުވާލުތަކާއި ފަރާތްތަކުގެ ޝައުޤުވެރިކަން ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

Ads by Allied Insurance