ސިޔާސީ

ވަކި ޒަޢީމެއް ވަށާ އުޅުނު ބަޔަކު ނިކުމެ އެމްޑީޕީ ރޫޅާލަން އުޅެ އެކަމެއް ވެސް ނުވި: ރީކޯ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވަކި ޒަޢީމެއް ވަށާ އުޅުނު ބަޔަކު ނިކުމެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލަން އުޅެ އެކަމެއް ވެސް ނުވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Allied

މީސްމީޑިއާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި "ފެންނަނުފެންނަ" ވޯޓުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުނީ ވަކި ޒަޢީމެއް ފަހަތުން އެނބުރިގެން ނޫން ކަމަށާއި ރައްޔިތުން ތާޢީދުކުރީ ތިލަފަތަށް ކަމަށެވެ. އަދި އެ ވޯޓުން ރައްޔިތުން ސަރުކާރަށްދިން މެސެޖަކީ ޤާނޫން އަސާސީއާ ނުކުޅެވޭނެ ކަމަށް ބުނެދިން މެސެޖެއްކަން ރީކޯ ފާހަގަކުރެއްވިއެވެ.

"އެމްޑީޕީއަކީ ވަކި މީހެއްގެ ފަހަތުގައި ތިބޭ، ވަކި މީހަކަށް ބޯލަނބާ ކިޔަމަންގަނެގެން އަތުރާލެވޭ ސަފުތަކަކަށް ހެދުމަށް ޖާގަ ނުދޭންވީ." ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއަކީ އެއްވެސް މީހަކު އެކަނި ނިކުމެ އުފެއްދި ޕާޓީއެއް ނޫން ކަމަށާއި އެމްޑީޕީ ރޫޅާލަން ނިކުމެ އެކަމެއް ވެސް ނުވިކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ވެރިކަށް ކޯޅޭ ކޯޅުން އިންތިހާއަށް ހޫވެފައިވާ މި ދަނޑިވަޅުގައި، އެމްޑީޕީ ތައްޔާރުވަމުންދަނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބަށެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން 3 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި މީކާއީލް ނަސީމްގެ އިތުރުން އަލްޙާން ފަހުމީ ހިމެނެއެވެ.

Ads by Allied Insurance