އެމްޑީޕީ މިހާރުގެ މަންޒަރާ 2023ގެ މަންޒަރު ތަފާތު، އެމްޑީޕީ ވުޖޫދުން ނުފުހެވޭނެ: ރީކޯ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މިހާރުގެ މަންޒަރާ 2023ގެ މަންޒަރު ތަފާތު، އެމްޑީޕީ ވުޖޫދުން ނުފުހެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު، ޕާޓީގެ ޗެއަރ ޕަރސަން ކަމުގެ އިންތިޚާބަށް ކުރިއަށް ގެންދިއުމުގައި ޕާޓީ ބަލިކަށިވެ ހީނަރު ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.
"މިފަހަރު ވާދަކުރާ މަޤާމަކީ އިންތިޚާބު ކާމިޔާބުވާ ބޭފުޅަކު، ޕާޓީގެ ހުރިހާ މެންބަރުން ގޮވައިގެން ކުރިއަށް ދާންޖެހޭ މަޤާމަކަށްވާއިރު، 2023ގެ މަންޒަރާއި ތަފާތުކޮށް." ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ޗެއަރގެ މަޤާމަށް ކެންޕެއިންކުރާއިރު ދެފަރާތުގެ ސަޕޯޓަރުންވެސް ޕާޓީއަށް ގެއްލުންނުވާ ގޮތަށް ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ. އަދި ފެންނަ ނުފެންނަ ވޯޓުން 20 އަހަރު ދެމިއޮތް ތަލަފަތަށް ދިވެހި ރައްޔިތުން ބޭނުންޖެހިފައިވާ މިންވަރު ހާމަވެގެން ގޮސްފިކަމަށް ވެސް ރީކޯ ވިދާޅުވިއެވެ.