ދުނިޔެ

ކޮވިޑް19: ނިއުޔޯކް ގައި ފޭސްމާސްކު އެޅުން މަޖުބޫރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ނިއުޔޯކް ގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ފޭސްމާސްކު އަޅައިގެން ބޭރަށް ނިކުތުމަށް ނިއުޔޯކް ގެ ގަވަރުނަރު އަމުރުކުރައްވައިފިއެވެ. މިގޮތަށް އަމުރު ކުރައްވާފައިވަނީ އެ ސިޓީގައި އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ބައެއް ފަރާތްތަކުން އުޅޭތީ ކަމުގައި ވެސް ގަވަރުނަރު ހާމަކޮށްފައިވެއެވެ.

Ads by WAMCO

މާސްކު އެޅުން މަޖުބޫރު ކޮށްފައިވާއިރު މާސްކު ނާޅާއި އުޅޭ މީހުން ޖޫރިމަނާ ކޮށް އެމީހުނާ ދެކޮޅަށް ދައުވާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާސްކު އަޅަން ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ނުބެހެއްޓޭފަދަ ތަންތަން ހިމެނެއެވެ. އެގޮތުން ފިހާރަތަކާއި، ސުޕަރމާކެޓު ތަކުގެ އިތުރުން މަގުމަތިވެސް ހިމަނާފައިވެއެވެ. އެންމެ ރައްކާތެރިގޮތަކީ ހުރިހާ ވަގުތެއްގައި އެޅުން ކަމުގައި ވެސް ނިއު ޔޯކް ގެ އިދާރާތަކުން ހާމަކުރެއެވެ.

ނިއުޔޯކް ސިޓީގައި މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވެފައިވާއިރު ގިނަ އޮފީސްތަކެއް ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާ އަކީ މިހާތަނަށް އެންމެ ގިނަ މީހުނަށް ކޮވިޑް19 ޖެހުނު ގައުމެވެ. އެގައުމުން 622,923 މީހަކަށް ވައިރަސް ޖެހި 27,586 މީހަކުވަނީ މަރުވެފައެވެ. ހަމަ އެހެންމެ ނިއުޔޯކް އަކީ އެމެރިކާ އިން އެންމެ ގިނަ އަދަދަކަށް ވައިރަސް ފެނުނު ސިޓީއެވެ. ނިއުޔޯކް ސިޓީއިން 203,123 މީހަކަށް ވައިރަސް ޖެހި 11,586 މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!