Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

މައްކާގައި އުޅޭ ކޮތަރުތަކަށް ކާން ދިނުމުގައި ފުލުހުން!

މައްކާގައި ކާފިއު އިއުލާނު ކުރުމާ ގުޅިގެން އެ ގައުމުގެ މަގުތަކުގައި އުޅޭ ކޮތަރުތައް ބަނޑަށް ޖެހުނުނަ ނުދިނުމަށް ފުލުހުން އެތަކެއްޗަށް ކާން ދޭން ފަށައިފިއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް މުޅި ގައުމުގައި ކާފިއު އިއުލާނު ކޮށްފައެވެ. އަދި އެގައުމުން ވަނީ އިންޓަނޭޝަނަލް ފްލައިޓުތައް ހުއްޓާލައި، އުމްރާ އަށް މީހުން އައުން ވެސް މަނާ ކޮށްފައެވެ.

މައްކާގެ މަގުތަކައި އުޅޭ ކޮތަރުތަކަށް ކާންދެނީ މިގޮތަށް އުމްރާއަށް އަންނަ މީހުންކަމުން މިދުވަސްވަރު އެތަކެއްޗަށް ކާނާ ހޯދަން ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް އެގައުމުގެ ފުލުހުން މިހާރު ދަނީ އެގޮތަށް މަގުމަތީގައި އުޅޭ ކޮތަރުތަކަށް ކާން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތަށް ކާން ދޭ ފޮޓޯތަކާއެކު އެގައުމުގެ ފުލުހުންނަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ސައުދީގައި ކާފިއު ހިންގަން ފަށާފައިވާއިރު، އެ ގައުމުން މިހާތަނަށް 5,862 މީހުން ކޮވިޑަށް ފައްސި ވެފައެވެ. އޭގެ ތެރެއިން 79 މީހަކު ވަނީ މަރުވެފައެވެ. އަދި 931 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް