Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ދޭން ތާލިބާނުން އަމުރުކޮށްފި

އިސްލާމީ ޝަރީއަތުގައިވާ އަދަބުތައް ދޭން ތާލިބާނުން އަމުރުކޮށްފި

ތާލިބާނުން ވެރިކަން ކުރަމުން އަންނަ އަފްޣާނިސްތާނުގައި އިސްލާމީ ޝަރީއާ ހިންގަން އަމުރުކޮށްފިއެވެ.

ތާލިބާނުންގެ ލީޑަރު ހައިބަތުالله އަޚުންދްޒާދާ އަފްޣާނިސްތާނުގެ ފަނޑިޔާރުންނަށް އަންގަވާފައި ވަނީ އިސްލާމީ ޝަރީއަތުގައިވާ ކުށްތަކަށް ކަނޑައަޅާފައިވާ އަތް ކެނޑުމާއި ރަޖަމް ކުރުންފަދަ އަދަބުތައް ދިނުމަށެވެ.

އޭނާގެ ތަރުޖަމާނު ވިދާޅުވީ ވައްކަމާއި ގައުމަށް ޣައްދާރުވުން ފަދަ ކުށްތަކަށް އަދަބު ދޭން ޖެހޭނީ އިސްލާމީ ޝަރީއާގެ ގާނޫނު އެ ޖަމާއަތުން މާނަކުރާ ގޮތުގެ މަތިން ކަމަށެވެ.

Advertisement
Ooredoo — Square (box)

1990 ގެ އަހަރުތަކުގައި ވެރިކަމުގައި ހުންނެވި އިރު، ތާލިބާނުންނަށްވަނީ ހަރުކަށި އަދަބުތައް ދީފައެވެ. އޭގެ ތެރޭގައި ވެރިކަމަށް ދެކޮޅަށް ބަޣާވާތް ކުރާ މީހުން މެރުން ވެސް ހިމެނެއެވެ.

މިދިޔަ އަހަރު ވެރިކަމާ ހަވާލުވިއިރު މިއަށްވުރެ ލުއި ގޮތަކަށް ވެރިކަން ކުރާނެ ކަމަށް ތާލިބާނުން ވައުދުވިއެވެ.

ނަމަވެސް އޭގެ ފަހުން ހަނގުރާމަވެރި އިސްލާމީ ޖަމާއަތުން ދަނީ އެމީހުންނަށް ދީން މާނަކުރެވޭ ގޮތަށް، ބައެއް ފިޔަވަޅުތައް އަޅަމުންނެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ތާލިބާނުގައި ހިންގަމުން ދިޔަ އެމެރިކާގެ ވެރިކަން މިދިޔަ އަހަރު ނިމުމަކަށް ގެނައުމާއެކު، އެ ޤައުމުގައި އާއްމުކޮށް ހިންގާ ކުށްތައް ވަރަށް މަދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް