ދުނިޔެ

ޗައިނާއިން 6 ދުވަސް ވަންދެން ކޯވިޑް 19 ފެތުރެން ފެށިކަން ސިއްރު ކުރި

ދެން އެމްވީ ، ދެން އޮންލައިން

ވުހާން ސިޓީއިން ފުރަތަމަ ކޯވިޑް 19 ފެތުރެން ފެށުމުން 6 ދުވަސް ވަންދެން ސިއްރުކުރި ކަން ދާދިފަހުން އާއްމުކުރި ރިޕޯޓަކުން ހާމަވެއްޖެއެވެ.

Ads by WAMCO

އެގޮތުން އެސޯސިއޭޓެޑް ޕްރެސް ޕްރެސް ސިޓީސް އިންޓާނަލް އިން ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި، ޗައިނާގެ ސަރުކާރުން 6 ދުވަސް ވަންދެން ވުހާންގައި ކޯވިޑް 19 ފެތުރުނުކަން ސިއްރުކުރުމުން އެ ބަލި 3000 މީހުންނަށް ޖެހެން މެދުވެރިވިއެވެ.

އެގޮތުން ބައެއް ތަޖްރިބާ ކާރުން ބުނާ ގޮތުގައި، ޗައިނާ ސަރުކާރުން 6 ދުވަސް ވަންދެން އެކަން ސިއްރުނުކޮށް ވަގުތުން ފިޔަވަޅު އެޅިނަމަ އެހާ ގިނަ ބަޔަކަށް ބަލި ޖެހި މަރުވި މީހުންގެ އަދަދު އެހާ ބޮޑެއް ނުވާނެ ކަމަށެވެ.

ކޯވިޑް 19 އަކީ ދުނިޔެއަށް ބަލި މަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2 މިލިއަނަށްވުރެ އިތުރުވެފައެވެ. އަދި ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 126000 އަށް އަރާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުގެ 5 އިން ފެށިގެން 17 އާއި ހަމައަށް ޗައިނާއިން ބަލި ޖެހުނު އެއްވެސް މީހެއް ކޯވިޑް ޖެހުނު މީހުންގެ ތެރޭގައި ރަޖިސްޓަރ ކޮށްފައިނުވާ ކަން ވެސް ވަނީ އެ ރިޕޯޓުން އެނގިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!