ބަޖެޓަށް ފައިސާ ހޯދަން 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ގަންނަން ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ފައިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، މިފަހަރު ޖުމްލަ 4 މުއްދަތަކަށް ބަހާލައިގެން 1,256,726,000.00 ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރު ފިނޭންސުން ޓީބިލް ވިއްކަން ހުޅުވާލާފައި ވަނީ 28 ދުވަހުގެ ޓ 305 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 3.50%އެވެ. އަދި މި ބިލް މުއްދަތު ވާނީ 13 ޖުލައި 2026އަށެވެ. އަދި 98 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 453.4 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 3.87%އެވެ. އަދި މި ބިލް މުއްދަތު ހަމަ ވަނީ 21 ސެޕްޓެމްބަރު 2026 އަށެވެ. އަދި 182 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 40 މިލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 4.23%އެވެ. މި ބިލް މެޗުއަރީ ވާނީ 14 ޑިސެމްބަރު 2026 އަށެވެ. މީގެ އިތުރުން 364 ދުވަހުގެ ޓީ-ބިލް ވިއްކުމަށް ހަމަޖެހިފައި ވަނީ 458.3 ލިއަން ރުފިޔާގެ ބިލެވެ. މީގެ އިންޓްރެސްޓް ރޭޓަކީ 4.60%އެވެ. މި ބިލްގެ މުއްދަތު ވާނީ 14 ޖޫން 2027ގައެވެ.
މި ޓީ-ބިލްތަކަށް ގަންނަން ހުޅުވާލާފައިވާ ސުންގަޑިއަކީ 14 ޖޫންއެވެ. ޓީ-ބިލަށް އެދޭ ފޯމު އެ ދުވަހުގެ ހެނދުނު 8:30 އާއި 11:00 އާ ދެމެދު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އަދި ރަމަޟާން މަހެއް ނަމަ، ފޯމު ބަލައިގަންނާނީ ހެނދުނު 9:30 އާއި 10:30 އާ ދެމެދުގައެވެ.