Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ޗައިނާ-އިންޑިއަން އޯޝަން ފޯރަމްގައި އޮސްޓްރޭލިއާކުން ވެސް ބައިވެރި ނުވޭ

ޗައިނާ-އިންޑިއަން އޯޝަން ފޯރަމްގައި އޮސްޓްރޭލިއާކުން ވެސް ބައިވެރި ނުވޭ

މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި އޮސްޓްރޭލިއާއިން ބައިވެރިނުވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

އޮސްޓްރޭލިއާ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބެރީ އޯ ފެރެލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މީޑިއާރިޕޯޓާ ހިލާފަށް އޮސްޓްރޭލިއާ ސަރުކާރުގެ އެއްވެސް އޮފިޝަލަކު ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބައިވެރިވެފައި ނުވާ ކަމަށެވެ.

މި ފޯރަމް ބާއްވާފައިވަނީ ޗައިނާގެ އެހީދޭ އެޖެންސީއަކުންނެވެ. މި ފޯރަމްގައި ރާއްޖެއިން ބައިވެރިވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މި ފޯރަމްގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން އާއި އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ކެވިން ރަޑް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް އެއީ މާލެ، ކެންބަރާގެ ރަސްމީ ހައިސިއްޔަތުން ތަމްސީލު ކުރުމެއް ނެތިއެވެ.

މި ބައްދަލުވުމަށް ޗައިނާއިން ވަނީ އޮސްޓްރޭލިއާއަށް ދައުވަތު ދީފައެވެ.

އިންޑިއާ ކަނޑުގެ ގައުމުތައް ބައިވެރިކޮށްގެން ޗައިނާއިން ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި އިންޑިއާ ކަނޑުގެ 19 ގައުމެއްގެ އިތުރުން ބައިނަލްއަގްވާމީ ތިން ޖަމިއްޔާއެއްގެ މަންދޫބުން ވެސް ބައިވެރިވި ކަމަށް ޗައިނާގެ މީޑިއަތަކުން ބުނެއެވެ. އޭގެ ތެރޭގައި ރާއްޖެއާއި އޮސްޓްރޭލިއާ ހިމެނެއެވެ/

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް