ދުނިޔެ

ކޮވިޑް19: ރައްކާތެރިކަމުގެ ގޮތުން މަލިކުގައި ޚާއްޞަ ފިޔަވަޅު ތަކެއް ،އަދި އެކަކު ވެސް ފައްސި ނުވޭ

ދެން އެމްވީ ، ދެން އޮންލައިން

މަލިކަކީ އިންޑިއާގެ ބައެއްކަމުގައި ނަމަވެސް އެރަށުގެ ރައްޔިތުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހި ދަރިކޮޅުގެ ރައްޔިތުންނެވެ. މި ސަބަބުތަކަށް ޓަކައި ދިވެހިންގެ ހިތުގައި އެރަށުގެ ރައްޔިތުންނާއި މެދު ވަނީ ޚާއްޞަ ލޯތްބެކެވެ. އަމިއްލަ އާއިލާ ފަދައިން އަހަރެމެންގެ ހިތުގައި އެމީހުންނަށް އަބަދުވެސް ލޯތްބާއި ކުލުނު އޮވެއެވެ.

Ads by Sosun Fihaara

ކޮވިޑް19 އާއި ގުޅިގެން މަލިކުގައި ވެސް ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. ރަށް ފުރަބަންދުކޮށްފައި އޮތްއިރު މަލިކަށް މީހުން އެތެރެވުން އޮތީ މުޅިން ހުއްޓާލާފައެވެ. އަދި ޖަމާޢަތުގެ ހުކުރު ކުރުމާއި އެހެން ނަމާދުތަކުގެ ޖަމާޢަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލާފައެވެ. ޙާލަތު ގޯސްވުމުގެ ކުރިން މަލިކުން އެޅި މި ފިޔަވަޅު ތަކުގެ ސަބަބުން މަލިކުގެ އެއްވެސް ރައްޔިތަކު އަދި ކޮވިޑް19 އަށް ޕޮސިޓިވް ވެފައެއް ނުވެއެވެ. (ﷲއަށް ޙަމްދު ހުއްޓެވެ.)

12 ހާހެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ މަލިކުން އެޅި ފިޔަވަޅުތައް އާންމުކުރަމުން ޑެޕިޔުޓީ ކަލެކްޓަރުގެ އޮފީހުން ކުރެއްވި އިޢުލާނެއްގައި ވެއެވެ.

މަލިކު ޑެޕިއުޓީ ކަލެކްޓަރު ފަރާތުން ކުރެވޭ އޭލާނެއް:

ކޯވިޑް އޮނަވިއްސާއި ގުޅިގެން ދެހާސްވިހި މެއި ތިން ތާރީކާއި ޖެހޭންދެން މުޅި އިންޑިއާގައި ލޯކްޑައުން އޭލާން ކުރެވުނު ފަދައިން މަލިކުގައި ވެސް ދެހާސްވިހި މެއި ތިން ތާރީކާއި ޖެހޭންދެން ލޯކްޑައުން ޖާރީކޮށް އޮންނާނެއެވެ. މިދުވަސްވަރު އެކެއްވެސް މަގުމަގު ތަންތަނަށް ނުނިކުމެ ގޯތީގައިމެ ހުންނަން ވާނެއެވެ. ލޯކްޑައުންގެ މަގްސަދަކީ ކޮރޯނާ އިން އަހަރެމެން އެންމެ ސަލާމަތް ކުރުމެވެ. ވީމައި އެ ހުކުމަށް ތަބާވުމަށް އިހްލާސްތެރިކަމާއިއެކު އެދެމެވެ. ޚާއްޞަ ޒަރޫރަތަކާއި ނުލައި ބޭރަށް ނުކުންނަ މީހުންގެ މައްޗަށް ކާނޫނީ ފިޔަވަޅު އެޅޭނެއެވެ. ޒަރޫރަތަކައި ހުރެ ބޭރަށް ނިކުންނަން ޖެހިއްޖިއްޔައި މާސްކު ނުވަތަ ރުމާލު އަޅައިގެން ނުކުންނާށެވެ.މަގުމައްޗަށް ކުޅު ނުޖަހާށެވެ. ލޯކްޑައުން މިހާރު އޮތް ގާނޫނަށް އެއްވެސް ބަދަލެއް އާންނަނީ އޭޕްރީލް ވިހި ތާރީކު އަންގާނެތެވެ. އަދި އެއް އޭލާނު! ދާއިމީ ގޮތަށް ޚާއްޞަ ގޮއްޔެ ނުވަތަ ބޭހެއް ގެންގުޅޭ ކޮންމެވެސް މީހަކަށް އެގޮލި ނުވަތަ ބޭސް ނުލިބެނީ ވިއްޔާ މަލިކު ހަސްފަތާލު މެޑިކަލް އޮފިސަރާއި ގުޅުއްވައި އޭގެ މާލޫމާތު މެޑިކަލް އޮފިސަރަށް ދޭން ވެސް މިއާއެކު އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!