Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޯވިޑް-19: 24 ގަޑިއިރުތެރޭ އިންޑިއާގައި 43 މަރު، 991 މީހުން ފައްސި!

ފެތުރެމުން އަންނަ ނުރައްކާތެެރި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ވަބާގައި، އަވަށްޓެރި އިންޑިއާއިން 24 ގަޑިއިރު ތެރޭގައި 43 މީހުން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި 43 މީހުން މަރުވުމުގެ އިތުރުން 24 ގަޑިއިރު ތެރޭގައި 991 މީހުން މިބައްޔަށް ފައްސިވެފައި ވެއެވެ.

އިންޑިއާގައި ކޯވިޑް-19 ޖެހިގެން ފައްސިވި މީހުންގެ މިއަދަދާއެކު، މިހާރު އެޤައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 14،792 އަރާފައިވެއެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދު 488 އަށް މިއަދު ވަނީ އަރާފައެވެ.

ބަލިން ރަނގަޅުވީ މީހުންނަށް ބަލާއިރު 2000 އާއި ގާތްކުރާ އަދަދެއްގެ މީހުން ވަނީ އިންޑިއާގައި މިބަލިން ރަނގަޅުވެފައެވެ.
މުޅި ދުނިޔެއަށް ބަލާއިރު މިހާތަނަށް 193 ޤައުމެއްގައި މިބަލި ފެތުރެމުން އަންނަ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ. އަދި 2،251،690 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

Advertisement
Ooredoo — Square (box)

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް