ދުނިޔެ

ދޮޅުމަސް ފަހުން ސްޕެއިންގެ ކުޑަކުދިންނަށް ތަޒާ ވައި ލިބިދާނެ ކަމުގެ އިޝާރާތެއް!

ދެން އެމްވީ ، ދެން އޮންލައިން

14 މާރޗް އިން ފެށިގެން ހަރުކަށި ލޮކްޑައުންގައި އޮތް ސްޕޭންގެ ކުޑަ ކުދިންނަށް ދޮޅުމަސް ފަހުން، ތާޒާވަޔަށް ނިކުމެ ކުޅެލުމުގެ ފުރުސަތުދޭނެ ކަމުގެ އިޝާރާތެއް، ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭ ދެއްވައިފިއެވެ.

Ads by WAMCO

ރޭ ޓީވީ އިން ފޮނުވި ބްރީފިންގ އެއްގައި ވާހަކަ ދައްކަމުން ބޮޑުވަޒީރު ވިދާޅުވީ އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ކުޑަކުދިންނަށް ވަރަށް އަވަހަށް ލުޔެއް ދެއްވާނެ ކަމަށެވެ. އެގޮތުން އޭޕްރިލް 27 އިން، ފެށިގެން ވަކި އުސޫލުތަކެއްގެ ތެރެއިން، ކުޑަކުދިން ބޭރަށް ނެރުމުގެ ހުއްދަ ދެއްވާނެކަމަށް ވިދާޅުވިއެވެ. މިކަމަށް ބޮޑުވަޒީރު ވަޢުދު ވެ ވަޑައިގެންނެވީ، މިކަމަށް ބާރސެލޯނާގެ މޭޔަރ އަދަ ކްލައު އެދިވަޑައިގެންވާ ވަނިކޮށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސަންޗޭ ވިދާޅުވީ މިހާރު އޮތް ކުއްލި ޙާލަތުގެ މުއްދަތު، މި އަންނަ މޭމަހުގެ 9 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް ޕާލިމެންޓްގައި އެދޭނެކަމަށާއި، އެކަން އެގޮތަށް ކުރަން ޖެހެނީ ކުއްލިއަކަށް ހުރިހާކަމެއް ދޫކޮށްލައިފިނަމަ ކުރިން ވީ ވަރަށްވުރެ ބޮޑު ގެއްލުމެއް ވެދާނެތީ އެކަމުން ރައްކާތެރިވުމަށް ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް ބޭރަށް ނިކުތުމުގެ ހުއްދަ ދޭން ވިސްނަނީ އިޖުތިމާޢީ އަދި ސިޔާސީ ފިއްތުންތައް ވެސް ހުރުމާއި އެކުގައެވެ. އެގޮތުން މިކަމަށް ގޮވާލާ އިދިކޮޅު ލީޑަރު ޕަބްލޯ ކަސަދޯ ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެހެން ނަމަވެސް މިކަމަށް ޚިޔާލު ހޯދުމަށް ބޭއްވުނު ޕޯލްގައި 59 އިންސައްތަ މީހުން ބޭނުންވަނީ މިހާރު މި އޮތްގޮތަށް ލޮކްޑައުންގެ ޙާލަތު ކުރިއަށް ގެންދިއުމަށެވެ.

ކުޑަކުދިން ބޭރަށް ނެރުމުގެ ހުއްދަދޭން ވަޢުދު ވީ ކަމުގައި ވިޔަސް އެކަން ކުރާނީ ސިއްހީ މާހިރުންގެ ލަފަޔާއި އެކު ކަމަށާއި، ބޭރަށް ނެރޭނީ ކިހާ ވަގުތަކަށް ކަމާއި އެކަމުގައި އަމަލު ކުރާނެ އުސޫލު ފަހުން އާންމު ކުރާނެކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޭރަށް ނެރުމުގެ ހުއްދަ ދެވޭނީ އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށެވެ.

ސްޕެއިންގެ 8 މިލިއަން ކުޑަކުދިން ގެތަކުގައި ބަންދުވެފައިތިބޭތާ 5 ހަފްތާ ވެއްޖެއެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ 430-540 އަކަފޫޓުގެ ގޭގޭގައި ދިރިއުޅެމުންދާ ކުދިންނެވެ. މިކަމާ ގުޅިގެން ސްޕެންގެ ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ކޯލިޝަނުން ވަނީ، މިގޮތަށް ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހުރަސް އެޅި އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވެދާނެކަމުގެ އިންޒާރު ދީފައެވެ. އަދި ކުޑަކުދިން ބޭރަށް ނިކުމެ ކުޅެ އަދި ހަރަކާތްތެރިވެ އުޅުމަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
އެހެން ޤައުމުތަކަށް ބަލާލާއިރު، ޑެންމާރކް އިން ވަނީ 11 އަހަރުން ދަށުގެ ކުދިން ސްކޫލަށް ގެންދަން ފަށާފައެވެ. އަދި މާދަމާއިން ފެށިގެން ނޯވޭގެ ޕްރީސްކޫލުތަކުގެ ކިޔެވުން ފެށޭނެއެވެ. ޖަރުމަނުގެ ގިނަ ސްކޫލުތައް މޭ 4 އިންފެށިގެން ހުޅުވަން ތާވަލު ކޮށްފައި ވިޔަސް، ބައެއް ސްކޫލުތަށް މާދަމާއިން ފެށިގެން ހުޅުވޭނެއެވެ. މި ބަލިމަޑުކަމުގެ ތެރޭގައިވެސް ސްވިޑްން ގެ ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި ސްޕެއިން އާއި އަޅާބަލާއިރު މިގައުމު ތަކުގައި މި ބަލި ފެތުރިފައިވާ ނިޞްބަތް ވަރަށް ދަށްކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!