ޚަބަރު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ ކުރީގެ އެމްޑީ އަށް ތޫނު އެއްޗަކުން ހަމަލާދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު (މާމިގިލި އިބޫ) އަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމްތަކަކާއެކު އޭޑީކޭ އަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމަށް އެހޮސްޕިޓަލުން ރޭ 22:51 ކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޮންލައިން ނޫސް "ފެށުން" ގައި ބުނެފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ، މާމިގިލި އިބޫ ކަން އެނޫހަށް އެނގިފައިވާ ކަމަށެވެ. އަދި ހަމަލާދީފައި ވަނީ އިބޫގެ ކޮނޑު ކަށިގަނޑާއި މޭ އާއި ދޭތެރެއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާމިގިލި އިބޫއަށް ހަމަލާ ދީފައިވަނީ ކަށިމާހިނގުމުގައި ހުންނަ އޭނާ ދިރިއުޅެމުންދާ ގެއަށް ވަންނަން ދަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!