ދުނިޔެ

ކަރު ސެނެޓައިޒް ކުރަން ކަމަށްބުނެ، ކެންޔާގެ ކެއަރ ޕެކެޖްތަކުގައި ބަނގުރާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރި ކުރުމަށާއި،މިބަލީގެ ސަބަބުން އާންމުންނަށް ދަތިތައް ކުރިމަތިވަމުން އަންނާތީ، އެކަމަށް ލުޔެއްދިނުމުގެ ގޮތުން، ކެންޔާ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ބަހަމުންދާ ކެއަރ ޕެކޭޖްތަކުގައި ބަނގުރާ ހިމަނައިފިއެވެ. މިކަން ފެންމަތިވެ ކެންޔާގެ ވެރިކަންކުރާ ސިޓީ ނައިރޯބީގެ ގަވަރނަރ މައިކް ސަންކޯ އާއި މީޑިޔާގެ ފަރާތުން ސުވާލު ކުރުމުން މޭޔަރު ވަނީ މިކަން ޔަގީން ކޮށްދީފައެވެ. ނަމަވެސް ދިފާޢުގައި ގަވަރނަރ ބުނީ މިއީ ކަރު ތެރެއިން ޖަރާސީމު ނައްތާލާ ކަރުތެރެ ސެނެޓައިޒްކުރުމަށްޓަކައި ހިމަނާފައިވާ އެއްޗެއްކަމަށެވެ.

Ads by Sosun Fihaara

ގަވަރނަރ މިހެން ބުނިކަމުގައި ވިޔަސް ޑަބްލިއު. އެޗް. އޯ އަދި ޑޮކްޓަރުން ލަފާދެއްވަނީ، ބަނގުރަލުގެ ބާވަތްތައް ބުއިމަށް ބޭނުންކުރުމުން ދިފާޢީ ނިޒާމް ބަލިކަށިވާނެތީ ބަނގުރާ ބޭނުން ނުކުރުމަށެވެ. އަދި އަތްފަދަ ތަންތަނުން ވައިރަސް ނައްތާލުމަށް ބޭނުން ކުރަނީ، އައިސޮޕްރޮޕިލް ނުވަތަ އިތަނޯލް ފަދަ އަލްކޮހޯލްކަމުން، ބުއިމަށް ބޭނުންކުރާ އަލްކޮހޯލްއަކީ އެއްވެސް ގޮތަކަށް ވައިރަސް ނައްތާލުމުގައި އެހީތެރިވެދޭނޭ އެއްޗެއް ނޫނެވެ.

ގަވަރނަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވީ ކަމުގައި ވިޔަސް، ބައެއް މީހުނަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އެފަރާތްތަކުންގަވަރނަރ ސިފަކޮށްފައިވަނީ ވަރަށް " ކޫލް" މީހެއްގެ ގޮތުގައެވެ. އަނެއްބަޔަކު ވަނީ ދެން އަންނަ އިންތިޚާބަށް އެމީހުންގެ ވޯޓް ކަށަވަރު ކޮށްފިކަމަށްބުނެވެސް ޓްވީޓް ކޮށްފައެވެ.

ނަމަވެސް ޙާލަތު ދިރާސާކުރާ ފަރާތްތަކަށް މިއީ ވަރަށް ނުރައްކާތެރި ރަނގަބީލެކެވެ. ސަބަބަކީ، ހޭލުންތެރިކަން ކުޑަ އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔަކާއި ބެހޭގޮތުން އެންމެ އާދައިގެ މައުލޫމާތު އެނގިފައިނެތުމެވެ.

51 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ކެންޔާގައި، މިހާތަނަށް 270 މީހަކަށް ކޮވިޑް-19 ޖެހި 14 މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!