Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އިނގެރޭސިވިލާތުގައި ޞިއްހީ އެހީތެރިންގެ ރައްކާތެރިކަމުގެ ސާމާނު ހުސްވަނީ!

ތުރުކީވިލާތުން އިނގެރޭސި ވިލާތައް ގެންދިޔުމަށް ހަމަޖެހިފައިވާ 84 ޓަނުގެ، ޞިއްޙީއެހީތެރިންގެ ރައްކާތެރިކަމުގެ ސާމާނު ލަސްވުމާއި ގުޅިގެން، ބަލިމީހުނަށް ފަރުވާދިނުމުގައި ބޮޑެތި ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ފުރިހަމަ ރައްކާތެރިކަމުގެ އާލާތް ބޭނުން ނުކޮށް ބަލިމީހުނަށް ފަރުވާ ދޭން ޖެހުމުން، އިސް ސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ. މީގެތެރޭގައި ހިތުގެ އޮޕެރޭޝަނަށް ޚާއްސަ ޑޮކްޓަރުންނާއި، ނަރުހުންނާއި، ތަކެތި އުފުލުގައި އެހީތެރިވާ މީހުންގެ އިތުރުން ހިލޭސާބަހަށް މަސައްކަތްކޮށްދޭ މީހުންވެސް ހިމެނެއެވެ.

އަމިއްލަ ނަފްސު ނުރައްކަލަށް ލައިގެން ބަލިމީހުނަށް ފަރުވާ ނުދެވޭނެކަން އަންގާ ޑޮކްޓަރުން އަންނަނީ އިންޒާރު ދެމުންނެވެ. ތުރުކީ އިން އަންނަ ޝިޕްމަންޓް މިއަދު އިތުރަށް ލަސްވެއްޖެނަމަ ދެން ބަލިމީހުނަށް ފަރުވާދިނުމަށް ޑޮކްޓަރުން ބޭނުންކުރާ ސަލާމާތީ އާލާތް އެއްކޮށް ހުސްވާނެއެވެ. މީގެ ތެރޭގައި ޑޮކްޓަރުން 400،000 ގައުންވެސް ހިމެނެއެވެ. އެހިސާބުން ޑޮކްޓަރުންނަށް އޮންނާނީ ދެގޮތެކެވެ. ރައްކާތެރިކަމަކާއި ނުލާ ބަލިމީހާއާއި ކައިރިވެގެން ފަރުވާ ދިނުން ނޫނީ ބަލީމީހާ މަރުވާން ދޫކޮށްލުމެވެ.

Advertisement
Ooredoo — Truecaller (box)

މިތަކެތި އެއްކޮށް ހުސްވުމުގެ ކުރިން ގެނެވިފައިނުވާތީ ހޮސްޕިޓަލްތަކުގެ ވެރިންވަނީ ވަރަށް ބޮޑަށް ސަރުކާރު ކުށްވެރިކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހު މިތަކެތި އަންނާނެކަމަށް ހައުސިންގް ސެކެރެޓަރީ ބުނިކަމުގައި ވިޔަސް، އެޑިއުކޭޝަން ސެކެރެޓަރީ ވަނީ މިތަކެތި ލަސްވެއްޖެކަމަށް އިޢުތިރާފްވެފައެވެ.

އިނގިރޭސިވިލާތް ފާހަގަ ކުރެވިފައިވަނީ، ކޮވިޑް-19 ޖެހިގެން ސިއްޙީ އެހީތެރިން މަރުވާ އަދަދު އިތުރު ގައުމެއްގެ ގޮތުގައެވެ. މިއަދާއި ހަމައަށް މިގައުމުން 120،067 މީހަކަށް މިބަލިޖެހި 16،060 މީހަކުވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް