ދުނިޔެ

އިނގިރޭސި ވިލާތުން ކޮވިޑް-19އަށް ޓެސްޓް ކުރެވުނު ނިޞްބަތް ލަދު ގަންނަން ޖެހޭހާ ދަށުގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ 17 ގައުމުގެ ތެރެއިން 15 ވަނައިގައިވާ އިނގިރޭސިވިލާތުގައި، ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ނިޞްބަތް ހުރީ ލަދު ގަންނަހާ ދަށުގައި ކަމަށް ޑެއިލީ މެއިލް އިން ހާމަކޮށްފިއެވެ.

Ads by WAMCO

ރިޕޯޓްތައް ބުނާ ގޮތުގައި އިނގެރޭސި ވިލާތުން މިބައްޔަށް ޓެސްޓް ކުރެވިފައިވަނީ ޖުމްލަ އާބާދީގެ 0.5 އިންސައްތައެވެ. އެއީ ކޮންމެ 1000 މީހަކުން 5.5 މީހުންނެވެ.
ސްވިޓްޒަރލެންޑްގެ ކޮންމެ 1000 މީހަކުން 25 މީހަކުވަނީ ޓެސްޓް ކުރެވިފައެވެ. އެއީ އާބާދީގެ 2.5 އިންސައްތައެވެ. އިޓަލީ، ޖަރުމަނު އަދި ފްރާންސްގައިވެސް ޓެސްޓްކުރެވުނު މީހުންގެ އަދަދު އުޅެނީ ކޮންމެ 1000 މީހަކުން 20 މީހުނަށް ވުރެ މަތީގައެވެ. މިހާރު އިނގިރޭސިވިލާތް މިއޮތީ އިންޑިޔާ އަދި ޕެރޫ އަށް ވުރެ ދެ ދަރަޖަ ކުރީގައެވެ. އެއީ އިނގިރޭސިވިލާތާއި އެއް ހަމައެއްގައި ގުނޭ އިޓަލީ، ސްޕެއިން އަދި ޖަރުމަނު ފަދަ ގައުމުތަކަށް ވުރެ ވަރަށް ބޮޑުތަން ފަހަތެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ސަރުކާރުގެ އަމާޒަކީ މިފެށޭ މޭ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު 1 ލައްކަ މީހުން ޓެސްޓް ކުރެވޭ ވަރަށް ޓެސްޓް ކުރުމުގެ ޤާބިލުކަން އިތުރު ކުރުމެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރުމުގައި މުޅިދުނިޔެއަށް ނަމޫނާ ދައްކާފައިވަނީ އަޅުގަނޑުމެން ކަހަލަ ކުޑަ އާބާދީ އެއް އޮންނަ އައިސްލެންޑުންނެވެ. އެގައުމުގެ ކޮންމެ 1000 މީހަކުން 124.47 މީހަކު ވަނީ ބައްޔަށް ޓެސްޓް ކުރެވިފައެވެ. އެއީ ކޮންމެ 8 މީހަކުން އެކެކެވެ. އައިސްލެންޑް ފާހަގަ ކޮށްލެވެނީ އެއްވެސް ޢަލާމާތެއް ނުފެނުނަސް ނުވަތަ ބަލި ޖެހުނު މީހަކާ ކޮންޓެކްޓްވެފައި ނެތަސް ޓެސްޓްކުރުމަށް ހުޅުވާލި ގައުމެއްގެ ގޮތުގައެވެ. ދުރާލާ ޓެސްޓްކުރެވި، ބަލިޖެހިފައިވާ މީހުން އަވަހަށް އެކަހެރި ކުރުމަކީ މިބަލި ކޮންޓްރޯލް ކުރުމަށް އޭޅެނެ އެންމެ މުހިންމު ފިޔަވަޅުކަން ޑަބްލިއު. އެޗް. އޯ އިންވަނީ ފާހަގަކޮށްފައެވެ

އިނގިރޭސި ވިލާތުގައި މިވަގުތު ޓެސްޓްކުރަނީ ސިއްޙީ ޚިދުމަތްތެރިންނާއި އެމީހުންގެ އާއިލާތަކުގެ މީހުންގެ އިތުރުން ބަލިޖެހިގެން ހޮސްޕިޓަލަށް އަންނަ މީހުން އެކަންޏެވެ. ނަމަވެސް ޖަރުމަނު ފަދަ ގައުމުތަކުން އިބުރަތް ލިބިގަނެ، ގިނަ ބަޔަކު ޓެސްޓްކުރުމަށް އަމާޒު ހިފާފައި ވީނަމަވެސް އިއްޔެވެސް ޓެސްޓް ކުރެވުނީ 19،316 މީހުނެވެ، މިއީ އޭޕްރިލް 2 ވަނަ ދުވަހާއި އަޅާ ބަލާއިރު 9000 މީހުންގެ އިތުރުވުމެކެވެ. އެދުވަހު ޓެސްޓް ކުރެވުނީ 10،215 މީހުނެވެ. 3 ހަފްތާގެ ތެރޭގައި ލިބުނު ކުރިއެރުމަށް ބަލާއިރު މޭ މަސް ފެށޭ އިރު ދުވާލަކު 1 ލައްކަ މީހުން ޓެސްޓް ކުރެވުން އެއީ ވުމަށް ވުރެ ނުވުން ގާތއ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!