ދުނިޔެ

މޭލޭޝިޔާގައި ކޮވިޑް19 ޖެހޭ މީހުން ވަރަށް ބޮޑުތަން މަދުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން މެލޭޝިއާގައި ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

Ads by WAMCO

ވައިރަސް ފެތުރުން ލޮންޓްރޯލް ކުރުމަށް ލޮކްޑައުންކޮށްފައި އޮތް މެލޭޝިއާ އިން އިއްޔެ ޕޮޒިޓިވްވީ 36 މީހުންނެވެ. މިއީ ވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭ މެލޭޝިއާ އިން އެންމެ މަދުން ޕޮޒިޓިވްވި ދުވަހެވެ. ކޮރޯނާވައިރަހުގައި މެލޭޝިއާ އިން އެއްވެސް މީހަކު މަރުވި ކަމަށް އިއްޔެ ރިޕޯޓްކޮށްފައެއް ނުވެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުނީ ބަލިޖެހިފައި ތިބި މީހުންގެ ތެރޭން ރަނގަޅުވެގެން އިއްޔެ 98 މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އިއްޔެ އަކީ، ޕޮޒިޓިވްވާ މީހުންނަށް ވުރެ ހޮސްޕިޓަލުން ދޫކޮށްލާ މީހުންގެ އަދަދު ޖެހިޖެހިގެން އިތުރުވި އަށް ވަނަ ދުވަހެވެ.

މެލޭޝިއާ ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު 34 ދުވަސްވެއްޖެ އެވެ. ލޮކްޑައުން މުއްދަތު ހަމަވާނީ މި މަހު 28 ގަ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 5,425 މީހުން ޕޮޒިޓިވްވެ 89 މީހުން މަރުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!