ދުނިޔެ

ޚާއްސާ ޔޫވީ ލައިޓެއް ބޭނުންކޮށްގެން ވައިގެ ތެރޭގައި ހުންނަ ކޮރޯނާ ވައިރަސް މަރާލެވިދާނެ – ކޮލަމްބިޔާ ޔުނިވަރސިޓީ

ދެން އެމްވީ ، ދެން އޮންލައިން

އިންސާނުންގެ ހަމަށް ވަދެގެން ނުދާ އެކަމަކު ލޮލަށް ނުފެންނަވަރުގެ ކުދި މައިކްރޯބްތައް މަރާލުމަށް ޚާއްސަ އަލްޓްރާވައިލެޓް ލައިޓެއްގެ، އިތުރު ތަހުލީލުތައް ކުރުމުގެ މަސައްކަތް ކޮލަމްބިޔާގެ ސައިޓިސްޓުން ފަށައިފިއެވެ.

Ads by WAMCO

"ފާރ-ޔޫވީ ސީ ލައިޓް" ގެ ގޮތުގައި ތަރައްޤީ ކުރި މި ލައިޓާއި ބެހޭގޮތުން ގޮތުން 2018 ވަނަ އަހަރު ހެދި ދިރާސާއިން ދެއްކި ގޮތުގައި ކޮރޯނާ ވައިރަސް ވެސް ހިމެނޭގޮތުން 95 އިންސައްތައަށް ވުރެ ގިނަ ވައިރަސް މި ލައިޓްގެ އެހީގައި މަރާލެވޭނެއެވެ. މިކަން ކާމިޔާބު ވެއްޖެނަމަ، މިއީ ސްކޫލް އަދި ހޮސްޕިޓަލް ފަދަ ތަންތަނުން ވައިރަސް ނައްތާލުމަށް ލުމަށް ލިބޭވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެއެވެ.
ހޮސްޕިޓަލްގެ ކޮޓަރިތަކާއި، އެތަނުގައި ބޭނުންކުރާ އާލާތްތަކުން ކުދި ބެކްޓީރިޔާ ނައްތާލާ ސާފުކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރާ " ކޮންވެންޝަނަލް" ލައިޓްގެ ސަބަބުން އިންސާނުންނަށް ހަމުގެ ކެންސަރާއި ލޮލުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ވެއެވެ. އެހެންކަމުން އިންސާނުންނަށް ރައްކާތެރި އަދި ކޮރޯނާ ފަދަ ވައިރަސް މަރާލެވޭނެ ފަދަ ލައިޓެއް އީޖާދު ވެގެން އައުމަކީ މިވަގުތަށް އެންމެ ބޭނުންތެރި އެއް އުފެއްދުމަށް ވާނެއެވެ.

ކޮލަމްބިޔާ ޔުނިވަރސިޓީގެ ފަރާތުން މި ދިރާސާތަކުގައި އިސްކޮށް އުޅުއްވާ ޑރ. ޑެވިޑް ބްރެނަރ އޭބީސީ ނިއުސްއާއި ވާހަކަ ދައްކަމުން ހާމަ ކުރެއްވި ގޮތުގައި " ވަރަށް ދަށް ޑޯޒެއްގެ ޔޫވީ އަލި ބޭނުންކޮށްގެން 99 އިންސައްތައާއި ހަމައަށް ވައިރަސް މަރާލެވިދާނެ" އެވެ. މީހުން އެއްވާ ތަންތަނުގައި ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދާ ވައިރަސް މަރާލެވޭނެ ރައްކާތެރި ގޮތެއް ހޯދިއްޖެނަމަ އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ބެލޭނެް. ޑރ. ޑޭވިޑް އިތުރަށް ހާމަ ކުރި ގޮތުގައި، " ދިގު މުއްދަތަކަށް ގައުމުތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލުމުން، ބަސް، ޓްރެއިން، ސިޑި އަދި ދޮރުގެ އަތްގަނޑު ފަދަ ތަންތައް ރަގަޅަށް ޑިސްއިންފެކްޓް ކުރެވޭނެ ގޮތެއް ވުމަކީ ދެވަނަ ރާޅަކުން ސަލާމަތްވުމަށް އޮތް އެންމެ ރަގަޅު ގޮތް" ކަމަށެވެ.
ޗައިނާ އަދި ސައުތު ކޮރެޔާގައި ވެސް އަންނަނީ ޔޫވީ ލައިޓް ބޭނުންކޮށްގެން ބަސް އަދި ޓްރެއިންތައް ސާފުކޮށް، ދިގު މުއްދަތަކަށް ހުއްޓިފައިވާ ދަތުރުފަތުރުގެ ނިޒާމް އަލުން ފެށުމަށް ތައްޔާރުވަމުންނެވެ.

ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި މިއީ މިވަގުތަށް އެންމެ ރައްކާތެރިކޮށް މިކަން ކުރެވޭނެ ގޮތެވެ. ނަމަވެސް އިންސާނުން އެއްވާ ތަންތަނުން ރައްކާތެރިކަމާއި އެކު ވައިރަސް ނައްތާލެވުން ވާނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި " ގޭމް" ބަދަލު ކޮށްލާނެ ފަދަ އީޖާދަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!