އ.ދގެ ސަބް ކޮމިޓީއެއްގެ މެންބަރުކަމަށް ފަނޑިޔާރު ޝުޖޫން އިންތިޚާބު ވެއްޖެ

އ.ދގެ ސަބް ކޮމިޓީއެއްގެ މެންބަރު ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދު އަނެއްކާ ވެސް އިންތިޚާބުވެ ވަޑައިގެންފިއެވެ.
ޝުޖޫން އިންތިޙާބުވެ ވަޑައިގެންފައިވަނީ "ޔޫއެން ސަބް ކޮމިޓީ އެންޑް އަދަރ އިންހިއުމޭން އޯރ ޑީގްރޭޑިންގ ޓްރީޓްމެންޓް އޯރ ޕަނިޝްމެންޓް" ގެ މެންބަރަކަށެވެ. އެގޮތުން ޝުޖޫން މި ކޮމިޓީގެ މެންބަރުކަން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާއި ހަމައަށް އަދާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޝުޖޫން ވަނީ ސިވިލް ސޮސައިޓީއާއި ޝަރުޢީ ނިޒާމާއި އެކު އަނިޔާކުރުން ހުއްޓުވުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަސައްކަތްތަކެއް ކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ އޮޕްޝަނަލް ޕޮރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ ( އޮޕްކެޓް) އަށް ގުޅުނު ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި އޭޝިއާއިން މި އެއްބަސްވުމުގައި ސޮއި ކުރި ފުރަތަމަ ގައުމު ވެސް މެއެވެ.