ސަފާރީގައި ހިނގީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއް، އެއީ ރޭޕްކުރުމެއް ނޫން: ހޯމް މިނިސްޓަރ
ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީ އެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނެ ވާހަކަ ދެކެވެމުން ދިޔައީ ކަން ހިނގި ގޮތަށްވުރެ ބޮޑު ކޮށްގެން ކަމަަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމުން، އެތައް ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ރޭ ބައިވެރިވެ، އެހުންތެރިއަކު ސުވާލުކުރީ ހުޅުމާލޭ ސަފާރީ ރޭޕްގެ މައްސަލައިގައި ޕްރޮސީޖާއިން ބޭރުން އެއްވެސް ކަމެއް ހިނގާފައިވޭތޯ އެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާނު ވިދާޅުވީ އެމައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާ ކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ.
އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށާއި އެއީ ރޭޕްކުރުމެއް ނޫންކަމަށް ވެސް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެކަމުގައި މީޑިއާ އާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ.
"އެވާހަކަ ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ހަމަ ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ މިއޮތީ. އެކަމަކު އެމައްސަލަ ގޮސް ރަނގަޅަށް ކައިރިން ބަލާލީމަ މިކަހަލަ ތާކު އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަ ވެސް ހުރެފަ ވެސް ބައެއްގެ ތެރޭގަ ވެސް ހުރެފަ ވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަން ވެސް ނޭގޭނެ ވެސް ކަމެކޭ ހިނގާފަ މިއޮތީ" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީ އެއްގައި އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތި ވެފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ.
މިހިރީ ފެންވަރު
މިއީއަޅެ ފަހެށޭޚެއްތަ ؟