Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިމުގެ މައްސަލައަށް "ރިއެކްޓް" ކުރެއްވި ގޮތުން އިމްރާނަށް، ނިޝާންގެ ފާޑުކިޔުން

އިމުގެ މައްސަލައަށް "ރިއެކްޓް" ކުރެއްވި ގޮތުން އިމްރާނަށް، ނިޝާންގެ ފާޑުކިޔުން

އިމުގެ މައްސަލައަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ "ރިއެކްޓް" ކުރެއްވި ގޮތުން ޝެއިހް އާދަމް ނިޝާން ފާޑުކިޔުއްވައިފިއެވެ.

އިއްޔެ އިޓްލޮސް އިން އިއްވި ހުކުމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމުގެ މައްސަލައިގައި ފެށުނީއްސުރެ އިދިކޮޅުން ދެއްކީ ދޮގުވާހަކަކަން އިންސާފަށް ލޯބިކުރާ ކޮންމެމީހަކަށް ސާފުވެއްޖެކަމަށެވެ.

"މި މައްސަލަ ފެށުނީއްސުރެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން އިންސާފަށް ލޯބިކުރާ ކޮންމެ މީހަކަށް މިއޮތީ ސާފުވެފަ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިމްރާންގެ ޓްވީޓަށް ރައްދު ދެއްވާ ޝެއިހް ނިޝާން ވިދާޅުވީ ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން އެކަމާއި ދެކޮޅު ހެދި މީހުންނަށް މިއަދު ރާއްޖޭގެ ސަރަހައްދުން 45،000 އަކަކިލޯމީޓަރު ގެއްލުނީމަވެސް މިވީ ލިބުނު ކާމިޔާބީއަކަށް ކަމަށެވެ.

"ޖީއެމްއާރު އަށް އެއަރޕޯޓު ދިނުމުން ފަޔަށް ހިނިއަރައިގެން، އެއްތަނެއްގައި 2 ފައި ނުޖެހި، އަޑުގެ ނެތްތަނަށް "ހަޅޭއް ފަޅޭއް ޖެހި" މީހުންނަށް، މިއަދު ރާއްޖޭގެ ސަރަހައްދުން 45،000 އަކަކިލޯމީޓަރު ގެއްލުނީމަވެސް މިވީ ލިބުނު ކާމިޔާބީއަކަށް!" ޝެއިން ނިޝާން ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި އިއްޔެ އިޓްލޮސް އިން އިއްވި ހުކުމާއެކު އިދިކޮޅުން ދަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް