ދުނިޔެ

15 އަހަރު އެކުގައި ހޭދަކުރި ފިރިމީހާއަށް ފަހުގެ ސަލާން ކުރަން ލިބުނީ 15 މިނެޓް، މަރަށް ތެޅުނުއިރު އޮންނަން ޖެހުނީ އެކަނި

ދެން އެމްވީ ، ދެން އޮންލައިން

4 ކުދިންނާއި އެކު ދިރިއުޅެމުން ދިޔަ މި އާއިލާއަށް މީގެ ދެތިން ހަފްތާކުރިން އެއީ ހަމަ އާދައިގެ ދުވަހެކެވެ. ނަމަވެސް 15 އަހަރުގެ އަންހެން ދަރިފުޅު އެލެން-ބެޓީ ސްކޫލްގައި ހުއްޓާ ހުން އައިސް ރޯގާ ޖެހިފައި ހުރުމުން ގެއަށް ފޮނުވާލި ހިސާބުން އާއިލާގައި ހާސްކަން އުފެދުނެވެ. ވަރަށް އަވަހަށް މަންމަ ޖޮއާނާ އަދި އަންހެން ދަރިފުޅު ޓޭލަރގެ އިތުރުން 11 މަހުގެ އަންހެން ދަރިފުޅުގެ ފަރާތުންވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކެއް ފެންނަން ފަށައިފިއެވެ.

Ads by Sosun Fihaara

މި ހިސާބުން ބޭރަށް ދިއުން އެއްކޮށް ހުއްޓާލުމަށްފަހު، ލޮކްޑައުންގެ ގަވާއިދުގައި ބުނާގޮތަށް އުޅެން ފެށިއެވެ. ފިރިމީހާ ޕަރކަރ ގޭގައި ބަހައްޓާފައި އޭނާ ބޭރަށް ދަނީ ހަމައެކަނި ކާ ތަކެއްޗާއި ބޭސް ގަތުމަށެވެ. ސަބަބަކީ ކުދިންގެ ބައްޕަ އަދި ފިރިމީހާ ޕާރކަރ މިކަމުން ބަލިން ސަލާމަތް ކުރުމެވެ. އެއީ ޕަރކަރގެ އެއްފަރާތުގެ ފުއްޕާމޭ ނަގާފައި ވުމާއި ނޭވާ ހިއްލުމާއި އެކު ޕާރކަރ އަކީ ހަކުރު ބަލީގެ މީހަކަށް ވެސް ވުމެވެ.

އާއިލާގެ އެންމެނަށް ވެސް އޮތް ބިރަކީ ޕާރކަރއަށް ބަލި ޖެހިއްޖެނަމަ ބައްޔާއި ހަނގުރާމަކުރަން އުނދަގޫ ވާނެތީ އެކަމަށް އޮންނަ ބިރެވެ.

އޭޕްރިލް 6 ވަނަ ދުވަހު ޕާރކަރ ގެ ޙާލަތު ގޯސްވެގެން އެމްބިއުލެންސްއަށް ގުޅުމުން، ނޭވާ ލުމުގައި މާބޮޑު އުނދަގޫ ކަމެއް ނެތްނަމަ ހޮސްޕިޓަލަށް ނުގެނައުމަށް ބުންޏެވެ. އަދި ހާލަތު އިތުރަށް ގޯސްވާތީ ދެވަނަ ފަހަރަށް ވެސް ގުޅުމުން، ޖެހިގެން ދުވަހުވެސް ހޮސްޕިޓަލަށް ނުގެންގޮސް، ނިއުމޯނިޔާގެ ބޭސް ލިޔެދިނެވެ.

ހުކުރު ދުވަހާއި ހަމައަށް އައިއިރު ޕާރކަރ އަށް ކިރިޔާ ނޭވާ ލެވެނީ އެވެ. މޫނު އަޅި ކުލައަށް ބަދަލު ވެ ތުންފަތަށް ނޫ ކުލަ އެރުމުން، އަވަށްޓެރި ނަރުހަކު އައިސް ބެލުމަށްފަހު އެމްބިއުލެންސް އަށް ގުޅިއެވެ. އެމްބިއުލެންސްގެ މީހުން އައިސް ޕާރކަރ ސުވާލު ކުރަން ފެށިއެވެ. ނަމަވެސް ވާހަކައެއް ދެއްކޭ ވަރަށް ވުރެ ޙާލަތު ދަށެވެ. ޕާރކަރގެ އާއިލާ އިން ހީކުރީ ދެތިން ދުވަސް ތެރޭގައި ޕާރކަރ އެނބުރި ގެއަށް އަންނާނެ ކަމަށެވެ. ސަބަބަކީ މިދިޔަ އަހަރުވެސް އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ފަހުން ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާތީ އެވެ.

ހޮސްޕިޓަލަށް ގެންގޮސް ޕާރކަރގެ ގިނަ ޓެސްޓްތަކެއް ހެދިއެވެ. ނަމަވެސް ޕާރކަރ އޮތީ ހޮސްޕިޓަލްގެ ކޮންތަނެއްގައި ކަމެއް ޔަގީނެއް ނުވެއެވެ. ނޭވާލާން އުނދަގޫ ވުމުން ފޯނުންވެސް ވާހަކަ އެއް ނުދެއްކެއެވެ. ހޮސްޕިޓަލަށް ގުޅުމުން ވޯޑަށް ބަދަލު ކުރަން އުޅޭ ވާހަކަ ބުންޏެވެ. ނަމަވެސް ނޭވާލުމުގައި އިތުރު މައްސަލަ ޖެހި ވެންޓިލޭޓަރ އަށް ލިއެވެ. ޑޮކްޓަރުން ބުނަމުން ދިޔައީ އެމީހުނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށާއި، އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ޙާލަތު އެންމެ ގޯސްވާ ހިސާބުން އާއިލާ އަށް ގުޅާނެ ކަމަށް ބުންޏެވެ. އޭގެ 3 ގަޑިއިރު ފަހުން ހޮސްޕިޓަލުން ގުޅާފައި، ޕާރކަރ ގެ ޙާލަތު ކިޔަދިނުމަށް ފަހު، އޭނާ ދިރި އޮންނާނީ، 3 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކަމަށް ބުންޏެވެ.

ހޮސްޕިޓަލަށް ދިއުމުން، ޕާރކަރގެ އަންހެނުން އަންގި، މާސްކް އަދި ގައުން ލައްވާފައި އޭނަ ފެންނަ ހިސާބަށް ވެއްދިއެވެ. ނަމަވެސް ކައިރިވެ ވާހަކަ ދެއްކޭ ވަރެއް ނުވެއެވެ. ޕާރކަރގެ އަންހެނުން އެ މަންޒަރު ސިފަ ކުރަނީ ދުވަހަކު ހުވަފެނުންވެސް ނުދެކޭހާ ބިރުވެރި އަދި ހިތްދަތި މަންޒަރެއްގެ ގޮތުގައެވެ. އެކުގައި 15 އަހަރު ހޭދަ ކުރި ފިރިމީހާ އަދި، 4 ކުދިންގެ ބައްޕަ ނޭވާ ނުލެވިގެން ތެޅިފޮޅޭ މަންޒަރު ދުށީ ނުހަނު ކައިރީގައި ހުރެގެންނެވެ. ނަމަވެސް އެހީތެރިކަމެއް ނުދެވުނުތަނުގައި ބަހެއްވެސް ބުނެ ނުލެވުނެވެ. 15 ވަރަކަށް މިނިޓްފަހުން ޕާރކަރ ގެ އަންހެނުން އެ ވޯޑުން ނެރުނެވެ. ޕާރކަރ މަރުވީ އޭގެ ވަގުތު ކޮޅެއް ފަހުން އެކަނި އޮވެއެވެ. އެންމެ ފަހު ވަގުތުވެސް ކައިރީގައި ހުރެލާނެ ފުރުސަތު އާއިލާގެ އެކަކަށްވެސް ނުލިބި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!