ދުނިޔެ

ޒޮމްބީއަކާ ވައްތަރު މޭކަޕްތަކެއް ކޮށްގެން މީޑިޔާގެ ސަމާލުކަން ހޯދި ސަހާރަށް ޖަލުގައި އޮއްވާ ކޮވިޑް19 ޖެހިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންސްޓާގްރާމްގައި އާންމު ކުރާ ފޮޓޯތަކާއި، ހެދުން އެޅުމުގެ ވައްޓާފާޅި، އިރާންގެ އިޖްތިމާޢި މިންގަނޑަށް ނުފެތޭތީ، 2018 ވަނަ އަހަރު އޮކްޓޯބަރު މަހު ޖަލަށް ލެވުނު ސަހާރު ތަބަރު އަށް ޖަލުގައި ހުއްޓާ ކޮވިޑް-19 ޖެހިއްޖެކަމަށް އޭނާގެ ލޯޔަރު ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

އިންސްޓަގްރާމްގެ ޒަރީޢާއިން އިރާންގައި މަޝްހޫރު ވެގެން ދިޔަ "ފާތެމާ ކިޝްވަންދު" އަށް ދުނިޔޭގެ މީޑިޔާގެ ސަމާލުކަށް ލިބުނީ، އެންޖެލީނާ ޖޯލީ އާއި ވައްތަރުވާން ވެގެން ޕްލާސްޓިކް ސަރޖަރީ ތަކެއް ހެދުމުން ޒޮމްބީއަކާ ވައްތަރުވެއްޖެ ކަމަށްބުނެ އާންމުވި ފޮޓޯތަކެއްގެ ސަބަބުންނެވެ. ނަމަވެސް އެއީ ކޮށްފައިވާ މޭކަޕްތަކެއް ފަހުން ވަނީ ފަޅާއަރާފައެވެ.

މި އަންހެނާއަށް ކޮވިޑް19 ޖެހުމާއި ގުޅިގެން އޭނާގެ ލޯޔަރު ވަނީ އިރާނުގެ ޖުޑިޝަރީ އަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވާއެވެ. އެސިޓީގައި ސަހާރުގެ ބަންދުގެ މުއްދަތު ކުރުކޮށް އޭނާ މިނިވަން ކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން ، ހައްޔަރު ކުރެވުނު އިރު ސަހާރު އަކީ އުމުރުގެ ގޮތުން ކުޑަކުއްޖެއްކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ. ވީމާ މިކަންކަމަށް ރިޢާޔަތްކޮށް އޭނާ ދޫކޮށްލުމަށް އެސިޓީގައި އެދިފައިވެއެވެ.

ޖަލުގައި ހުއްޓާ ކޮވިޑް-19 ޖެހިގެން ތެހެރާންގެ ސިނާ ހޮސްޕިޓަލްގެ ވެންޓިލޭޓަރގައި، ސަހާރު އޮތް ކަމަށްބުނެ، ލޯޔަރު ވަނީ އިރާންގެ އިންސާނީ ހައްޤުތަކާއި ބެހޭ މަރުކަޒަށްވެސް ރިޕޯޓްކޮށްފައެވެ. ނަމަވެސް މިހުރިހާ ކަމަކާއި އެކުވެސް ސަހާރު ދޫކޮށްލުމަށް ކޯޓުންވަނީ ދެކޮޅު ހަދާފައެވެ.

ކިޝްވަންދުގެ އެކައުންޓުން އިންސްޓަގްރާމް ގައި ހިއްސާ ކުރާ ފޮޓޯތަކުގައި ދެލޮލާއި ކޯ ވަޅުވަދެ، ބޮޑުތުންފަތަކާއި އެކުގައި ފެންނަ ސަހާރު، ޕްލާސްޓިކް ސާރޖަރީ ހެދިކަމަށް ވަރަށް ގިނަބަޔަކު ގަބޫލު ކުރިއެވެ. ނަމަވެސް ސަހާރު ހާމަކުރި ގޮތުގައި އެއީ މޭކަޕްގެ އިތުރުން ފޮޓޯތައް އެޑިޓްކޮށްގެން ގެނެސްފައިވާ ބަދަލެވެ.

އިރާނުގައި މިހާތަނަށް 88,194 މީހަކަށް ކޮވިޑް19 ޖެހި، 5،574 މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!