Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ނަޝީދުގެ ޕާޓީގެ ނަމަކީ ދަ ޑިމޮކްރޭޓްސް

ރައީސް ނަޝީދުގެ ޕާޓީގެ ނަމަކީ ދަ ޑިމޮކްރޭޓްސް
އެމްޑީޕީ ތެރޭގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދަވާ އާ ޕާޓީގެ ނަމަކީ "ދަ ޑިމޮކްރޭޓްސް" ކަމަށް ހާމަކޮށްފިއެެވެ. ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ވަނީ އެދިފައެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ހުށަހެޅި އިރު އެ ފެކްޝަނުން ވަނީ އަންނަ ސެޕްޓެމަބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ވެސް ނިންމައިފައެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުالله ވިދާޅުވީ ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނީ ޑިމޮކްރެޓިކް އުސޫލުން، އެކަންކަން ކުރަން އޮންނަ ގޮތަށް ކަމަށެވެ. އަދި އެބޭފުޅުންނަކީ ދިވެހި ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ދަރިވަރުން ކަމަށާއި  އެބޭފުޅުން އަމަލުކުރައްވާނީ ވެސް ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުގެ ދަށުންކަމަށް އީވާ ވިދާޅުވިއެވެ. މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ.

އާޒިމް ޕާޓީން ވަކިކުރީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމުންނެވެ. މިކަމާއި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ މެމްބަރުންނާ މެދު ޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ. 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް