ދުނިޔެ

ޖަރުމަނުގެ އާންމު ޙާލަތު: ލޮކްޑައުން އުވާލުމުން ވެސް އިޖުތިމާއީ ގައިދުރު ކަމުގައި

ދެން އެމްވީ ، ދެން އޮންލައިން

ޖަރުމަނު ވިލާތަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް19 ގެ އަސަރު 5 ވަަނަ އަށް އެންމެ ބޮޑަށް ކުރި ގައުމެވެ. އެގައުމުން 155,418 އަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި ފަސް ހާހަށް ވުރެ ގިނަ މީހުން މަރުވި އިރު އެގައުމުގައި ވައިރަސް ފެތުރުން ވަނީ މަޑު ޖެހިލާފައެވެ. އެއާއެކު ވައިރަހާއި ގުޅިގެން އެޅި ބައެއް ހަރުކަށި ފިޔަވަޅުތައް އުވާލާއި އާންމު ހާލަތަކަށް ރުޖޫއަ ވުމަށް ޖަރުމަނުން ވަނީ ދަތުރު ފަށާފައެވެ.

Ads by WAMCO

ލޮކްޑައުން ގެ ގިނަ ފިޔަވަޅުތަކެއް ޖަރުމަނުގައި މިހާރު އުވާލާފައިވާއިރު ގިނަ ސުކޫލުތަކެއް ވެސް ހުޅުވާފައެވެ. އަދި ގިނަ ފިހާރަތަކާއި ސިނަމާ ތައް ވެސް ހުޅުވާފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ނަމަވެސް ޖަރުމަނުން ލޮކްޑައުން ގެ ފިޔަވަޅުތައް ލުއި ކޮށްދިން ނަމަވެސް އާންމުން ބޭރަށް ނިކުމެ އުޅޭ މިންވަރު ވަރަށް ބޮޑު ތަނުން މަދުވެއްޖެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ހާމަކުރެއެވެ. އަދި ބޭރަށް ނިކުމެ އުޅުމުގައި ވެސް މީހުން އިޖުތިމާއީ ގައިދުރު ކަން އިސްކުރެއެވެ.

މާހިރުން ބުނާ ގޮތުގައި ކޮވިޑް19 އަށް ވެކްސިން އެއް އުފެއްދި ވައިރަހުގެ ބިރު ކުޑަ ވުމާއި ހަމައަށް ގިނަ މީހުންގެ ހިތުގައި ކޮވިޑް19 ގެ ބިރުވެރިކަން އޮންނާނެއެވެ. އަދި އެކަމުގެ ސަބަބުން ބޭރަށް ނިކުމެ އުޅުމަށް ގިނަ ބަޔަކު މިހާރު ޖެހިލުންވެއެވެ. އަދި އާންމު ހާލަތަކަށް ރުޖޫއަ ވުމަށް ދުވަސް ނަގާނެ ކަމަށް ވެސް މާހިރުން ހާމަކުރެއެވެ.

މުޅި ދުނިޔެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 207,094 އަށް ވުރެ މައްޗަށް ގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!