އެމެރިކާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޗައިނާއަށް 160 ބިލިއަން ޑޮލަރަށް ބޮޑު ބޮޑު ބިލެއް ފޮނުވާނެ ކަމަށް ޓްރަމްޕް ބުނެފި
ކޮވިޑް-19 ގެ ސަބަބުން އެމެރިކާއަށް ލިބުނު ގެއްލުން ތަކުގެ ބަދަލު ހޯދުމަށް 160 ބިލިއަން ޑޮލަރަށް ބޮޑު ބޮޑުބިލެއް ޗައިނާއަށް ފޮނުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ހޯމަދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެމުން ޓްރަމްޕް ބުނީ، އެމެރިކާއަށް ލިބުނު ގެއްލުމުގެ ބަދަލު ޗައިނާއިން ހޯދަން މަސައްކަތް ކުރާނެކަމަށެވެ. އެމެރިކާއިން ބިލް ހަދާނެ ޢަދަދެއް ޔަގީން ނުވި ކަމުގައިވިޔަސް، އެ އަދަދު ވާނީ، ޖަރުމަނުން ފޮނުވި 160 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދަކަށެވެ.
ޓްރަމްޕްބުނީ މިކަމަށް އިތުރު ތަހުގީގު ތައް ކުރެވެމުން ދާ ކަމަށާއި ފައިނަލް ޖަވާބެއް އެނގޭނީ އެ ތަހުގީގު ތައް ނިމުމުން ކަމަށެވެ.
ޗައިނާއިން ބަދަލު ހޯދުމަށް އެމެރިކާއިން ބޭނުންވާ ސަބަބަކީ އެމެރިކާ ގަބޫލު ކުރާ ގޮތުގައި މި ވައިރަސް މުޅި ދުނިޔެއަށް ފެތުރެން ފުރުސަތު ނުދީ، ކޮންޓްރޯލް ކުރެވެން އޮއްވާ، އެކަން އެގޮތަށް ޗައިނާއިން ނުކުރުމުން ޔޫރަޕާއި ހަމައަށް ފެތުރި މިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. އަދި ބަލި ފެތުރެމުން ދިޔަ ރޭޓާއި މީހުންމަރުވަމުން ދިޔަ އަދަދު ހާމަ ކުރުމުގައި ޗައިނާއިން ބޮޑެތި ދޮގު ތަކެއް ހަދާ އޮޅުވާލުން ތަކެއް އޮޅުވާލިކަމުގެ ތުހުމަތު ޓްރަމްޕް އަބަދުވެސް ޗައިނާއަށް ކުރެއެވެ.
މިއަދާ ހަމައަށް އެމެރިކާއިން މިލިއަނަކަށް ވުރެ ގިނަ މީހުނަށް މި ބަލި ޖެހި، 56،000 މީހުން ވަނީ މަރުވެފައިވެއެވެ.