ދުނިޔެ

އިނގެރޭސިވިލާތުގެ ކުޑަކުދިންތަކަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހެނީ ، ބޮޑަށް ވައްތަރީ ކޮވިޑް19 އާއި

ދެން އެމްވީ ، ދެން އޮންލައިން

އިނގެރޭސިވިލާތުގެ ކުޑަ ކުދިންތަކަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހެން ފަށައިފި ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

Ads by Sosun Fihaara

މި ޚަބަރު ގެނެސްދިން މީޑިއާތައް ބުނެފައިވާ ގޮތުގައި މި ބަލި ޖެހެނީ ކީއްވެކަން އަދި ދެނެގަނެވިފައިނުވާ ކަމަށާއި ޞިއްޙީ މާހިރުން ބޮޑަށް ބުރަވަނީ މިއީ ކޮވިޑް19 އާއި ގުޅުންހުރި ކަމެއް ކަމަށެވެ.

މި ބަލީގައި މިހާތަނަަށް އެ ގައުމުގެ 20 ކުދިން ސީރިއަަސް ޙާލަތުގައި އެބަތިބިކަމަށް ރިޕޯޓުތައް ބުނާއިރު ކަމާބެހޭ އިދާރާތަކުން ވަނީ މަރުވި ކުދިންގެ އަދަދު ހާމަ ކުރުމަށް ދެކޮޅު ހަދާފައެވެ.

މިކަން މިހާރު އެ ގައުމުގެ ގިނަ ޑޮކްޓަރުންގެ ސަމާލުކަމަށް އައިސްފައިވާއިރު ބަލި ޖެހުނު ކުދިންގެ ތެރޭގައި ވަރަށް ތުއްތު ކުދިން ހިމެނޭ ކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ބަލި ޖެހުނު ގިނަ ކުދިންނަކީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހިތާއި ފުއްޕާމޭ ފެއިލް ވެ، ލައިފް ސަޕޯޓަށް ލާފައިވާ ކަމަށް ވެސް މި ރިޕޯޓުތައް ބުނެއެވެ.

ބައެއް މާހިރުން ބުނާ ގޮތުގައި މި ބަލި ބޮޑަށް ވައްތަރީ ކަވަސާކީ ބައްޔާއެެވެ. އެގޮތުން އެ ބައްޔާއި އެއްފަދައިން މި ބަލި ޖެހުމުން ވެސް ލޭ ނާރުތައް ފުފޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

މި ބައްޔަކީ ކޮވިޑް19 އާއި ގުޅުން ހުރި ބައްޔެއް ކަމަށް ބެލެވިފައި އޮތް ނަމަވެސް އިނގިރޭސިވިލާތުގައި މި ބަލި ޖެހި ހާލު ދެރަވި ގިނަ ކުދިން ކޮވިޑް19 އަށް ހެދި ޓެސްޓުތައް ވަނީ ނެގަޓިވްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!