ދުނިޔެ

ޓްރަމްޕްގެ ނަސޭހަތާ އެއްގޮތަށް އެމެރިކާ މީހަކު "ލަށްފިލުވާ" ބޮއެފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުންނަށް ބްލީޗްފަދަ ސާފުކުރުމަށް ބޭނުންކުރާ ބާވަތް އިންޖެކްޓްކޮށްގެން، ފަރުވާ ދެވިދާނެކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށް، އެގައުމުގެ ކެންސަސްގެ މީހަކު، ސާފުރުމަށް ބޭނުންކުރާ އެއްޗެއް ބޮއެފިއެވެ.

Ads by WAMCO

ކާކުކަން ހާމަ ނުކުރިކަމުގައި ވިޔަސް، ސްޓޭޓް ހެލްތު އޮފިސަރ ޑރ. ލީ ނޯރމަން ހާމަ ކުރިގޮތުގައި މިމީހާ މި އެއްޗެއް ބުއީ ޓްރަމްޕް އެކަމަށް އިރުޝާދުދީފައި ވުމުންނެވެ.
މިދިޔަ ހަފްތާގައި އެރިޒޯނާގެ މުސްކުޅި ދެމަފިރިއަކުވެސް ވަނީ، މަސް ޓޭންކް ސާފުކުރަން ގެންގުޅުނު އެއްޗެއް ބޮއިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އުމުރުން 60 ގެ އަހަރުތައް ގުނަމުން ދިޔަ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ މަރުވެ، އަންހެންމީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައި.ސީ.ޔޫގައެވެ.

މިދިޔަ ހަފްތާގައި އޮތް ޓްރަމްޕްގެ ނޫސް ކޮންފަރެންސަށްފަހު، އެމެރިކާގައި ސާފުކުރާ އެއްޗެހި ބުއިކަމުގެ ރިޕޯޓްތައްވަނީ 40 އިންސައްތަ އިތުރުވެފައެވެ.
ސާފުކުރުމަށް ބޭނުންކުރާ އެއްޗެހި ބޯމީހުންގެ އިތުރުން އެތަކެތިން ފަރުވާ ލިބޭތޯ ޔަގީން ކުރުމުން،އިމަރޖެންސީ ސެންޓަރުތަކަށް ގުޅާ މީހުންވެސް ވަރަށް ގިނަވެއްޖެކަމަށް މެރީލެންޑް އިމަރޖެންސީ މެނޭޖެމަންޓް ސެންޓަރުން ވަނީ ހާމަ ކޮށްފައެވެ.

އެމެރިކާގެ މީހުންނަށް ނުބައި ނަސޭޙަތްދީ، ގޯސްކަންކަމަށް މަގުދައްކާކަމުގެ ބޮޑެތި ތުހުމަތު ތަކެއް ޓްރަމްޕަށްވަނީ އަމާޒުވެފައެވެ. އެހެންކަމުން ޓްރަމްޕް އެކަމުން ރެކެންވެގެން ފަހުން ބުނީ އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!