ކޮވިޑް-19: މާފުށިން އިތުރު 2 ފަތުރުވެރިން ފައްސިވެއްޖެ

ގިނަ އަދަދެއްގެ ގެސްޓު ހައުސްތަކެއް އޮޕަރޭޓު ކުރަމުން އަންނަ ކ. މާފުށިން އިތުރު 2 ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ކޮވިޑަށް ފައްސިވެފައިވަނީ ދެމަފިރިންނެވެ.
މި ދެމަފިރިން ފައްސިވިކަން އެނގިފައިވަނީ މާފުށީގައި ޗުއްޓީ ހޭދަކުރުމަށް ފަހު، ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުގެ ނަތީޖާއިންނެވެ.
މި ދެމީހުން ފައްސިވުމާއެކު ދެމީހުން ވަނީ އައިސޮލޭޓް ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް މާފުށިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.