Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ބޮލީވުޑް

އަހަރެން ބާކީ ކޮށްލީ ހުނަރު ނެތިގެންނެއް ނޫން، ގުޅުން ނުބާއްވާތީ: ޒަރީން

އަހަރެން ބާކީ ކޮށްލީ ހުނަރު ނެތިގެންނެއް ނޫން، ގުޅުން ނުބާއްވާތީ: ޒަރީން

ބަތަލާ ޒަރީން ހާން ބޮލީވުޑަށް ތައާރަފުވީ ސަލްމާން ހާން އާއިއެކު ފިލްމު "ވީރް" އިންނެވެ. ވިޔަފާރީގެ ގޮތުން އާދައިގެ އާމްދަނީއެއް ހޯދި މިފިލްމަށް ބެލުންތެރިންގެ ފަރާތުން އެކި ކަހަލަ ކޮމެންޓުތައް ލިބުނެވެ. އެންމެ ގިނައިން މީހުން ކުރި ކޮމެންޓަކީ ޒަރީން އާއި ބަތަލާ ކެޓްރީނާ ކައިފް އާއި ވައްތަރު ވާހަކަ އެވެ.

ޒަރީން ބުނީ މީހުން އެހެން ކިޔަން ފެށުމުން އެކަން ނެގީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. އެހެންނަމަވެސް އޭގެ ނޭދެވޭ އަސަރު ފަހުން ކުރަން ފެށިކަމަށް ބުންޏެވެ. އެގޮތުން އަމިއްލަ މީހާގެ ހުނަރު ދެއްކުމަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ގެއްލި އިތުރު ފިލްމު ބޮލީވުޑުން ހޯދަން އުނދަގޫވިކަމަށް ޒަރީން ބުންޏެވެ.

ޒަރީން ބުނީ ބޮލީވުޑް ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުން ފިލްމު ދެނީ މީހެއްގެ ގައިގައި ހުންނަ ހުނަރަށް ބަލާފައި ނޫން ކަަމަށެވެ. ޕްރޮޑިއުސަރަކާއި ގުޅުން ބަދަހިކޮށް އެކުވެރިކަން ބާއްވައިފިނަމަ ރޯލު ހޯދަން ވަރަށް ފަސޭހަ ވާނެކަމަށް ޒަރީން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

"އެހެންވެ ވަރަށް ގިނަ ކުދިންނަށް ހުނަރު ދައްކަން ފުރުސަތު ނުލިބޭ. އަހަންނަކީވެސް މީހުންނާ ގުޅުން ބާއްވަން މާ މޮޅު މީހެއް ނޫން" ޒަރީން ބުންޏެވެ.

ބޮލީވުޑްގައި މަދު ފިލްމެއް ކުޅެފައިވާ ޒަރީންގެ އެއްވެސް ރޯލަކަށް މާ ބޮޑު އެކްސްޕޯޝާއެއް ނުލިބެ އެވެ. ސަލްމާންގެ ފިލްމު "ރެޑީ" އަށް 2011 ވަނަ އަހަރު ޒަރީން ކުޅެދިން ކެރެކްޓަރު ޑީލާ ލަވައިން ޒަރީން މަގުބޫލުކަން ހޯދި އެވެ.

ޒަރީންއަކީ ހަށިގަނޑު ފަލަކޮށް ހުންނަ ކުއްޖެއް ކަމުން މަލާމާތްވެސް އޭނާއަށް ރައްދުވި އެވެ. ފަހުން ބައެއް ފިލްމުތަކުގައި އޭނާ ވަރަށް ބޮޑަށް ބަރުދަން ލުއިކުރި އެވެ. އެހެންނަމަވެސް މިހާރުވެސް ޒަރީންއަކީ ބޮލީވުޑްގައި އެއްވެސް ވަރެއްގެ ޑިމާންޑެއް އޮތް ތަރިއެއް ނޫނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް