ދުނިޔެ

ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެފައިވާ މީހުންގެ އަނބިންނާއި ފިރިންނަށް އެހީއެއް ނުލިބޭ ، ޓްރަމްޕްއާ ދެކޮޅަށް ކޯޓަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިފާ ސްޓިމިއުލަސް ޕެކޭޖް، ބީރައްޓެރިންނާ އިނދެގެން އުޅޭ މީހުނަށް ނުދޭ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަޢުވާ ކުރަން ފޮނުވައިފިއެވެ.

Ads by Sosun Fihaara

އިލިނޮއިސްގައި އުޅޭ މީހަކު ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާ ކުރަނީ، ސަރުކާރުން އެކުލަވާލާފައިވާ 2.2 ޓްރިލިއަން ޑޮލަރގެ އެހީ ދިނުމުގައި، ކައިވެނި ކޮށްގެން އުޅޭ މީހާ ނިސްބަތްވާ ގައުމަކަށް ބަލާ ތަފާތު ނުކުރެވޭނެ ކަމަށް ބުނެއެވެ.
ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެފައިވާ މީހަކާ އިނދެގެން އުޅޭ އެމެރިކާ މީހަކަށްވެސް މި ޕެކޭޖްގެ އެހީ ނުލިބޭ ގޮތަށް ގަވާއިދު ހެދުމަކީ އެއްރައްޔިތަކު އަނެއް ރައްޔިތަކާ ތަފާތު ކުރުން ކަމަށް ވެސް ، ޗިކާގޯ ކޯޓަށް މައްސަލަ ހުށައެޅި ޖޯން ޑޯ ގެ ދަޢުވާގައި ވެއެވެ.

މި ޕެކޭޖްއިން އެހީ ލިބެނީ އަހަރަކު 75،000 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހެއްނަމަ 1،200 ޑޮލަރު އަދި 16 އަހަރު ނުފުރޭ ކުދިން ތިބިނަމަ ކުއްޖަކަށް 500 ޑޮލަރެވެ. ދެމަފިރިންގެ ނަމުގައި ޕެކޭޖަށް އެދޭނަމަ ދެމީހުންގެ އަހަރީ މުސާރަ 150،000 ޑޮލަރަށް ވުރެ މަދުވެފައި، ދެމަފިރިންގެ ސޯޝަލް ސެކިއުރިޓީ ނަންބަރު ހިމަނަންޖެހެއެވެ. ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވެފައިވާ މީހުނަށް ސޯޝަލް ސެކިއުރިޓީ ނަންބަރެއް ނުލިބޭނެއެވެ.
ގަވާއިފާ ޚިލާފަށް އެމެރިކާއަށް އެތެރެވެ އެމެރިކާގެ ރައްޔިތުންނާއި ކައިވެނި ކޮށްގެން އުޅޭ 1.2 މިލިއަން މީހުންގެ އަނބިން ނުވަތަ ފިރިންނަށް މި ޕެކޭޖްގެ ދަށުން އެހީ އެއް ނުލިބޭނެއެވެ. އެހީގެ މި ފައިސާ ހަވާލު ކުރާނީ އިންޓަރނަލް ރެވެނިއު ޑިޕާޓްމަންޓުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!