ދުނިޔެ

ތާރީޚްގެ އެންމެ ހޫނު ގަދަ އަހަރަށް 2020 ވެދާނެ ކަމަށް ލަފާކުރެވޭ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، ފެކްޓްރީތައް ބަންދުވެ، ދަތުރު ފަތުރު ހުއްޓިފައި އޮތުމުން، ވައި ސާފުވެ ކޯރުގެ ތަޣައްޔަރުކަން ކުޑަވެ މުޅި ދުނިޔެއަށް ލިބިފައިވާ ގެއްލުން އިޔާދަވަމުން ދާކަން އެއީ ފެންނަން ހުރި ހަގީގަތްތަކެވެ. ނަމަވެސް މި އަހަރަކީ އެހެން އަހަރުތަކަށް ވުރެ ހޫނު ގަދަ އަހަރަކަށް ވާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރެއެވެ.

Ads by Sosun Fihaara

އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ ފަރާތުން، "ދަ ގަރޑިއަން" ގައި ހާމަ ކުރިގޮތުގައި، 2020 ވަނަ އަހަރަކީ މުޅި އިންސާނީ ތާރީޚު ގައި ރެކޯޑް ކުރެވޭ އެންމެ ހޫނު ގަދަ އަހަރަށް ވުމުގެ 75 އިންސައްތަ ފުރުސަތު އެބައޮތެވެ. މިދޔަ ދެތިން މަހެއްގައި ފެކްޓްރީތައް ހުއްޓިފައި އޮތްނަމަވެސް މީގެ ކުރިން އެތަންތަނުން ބޭރުކުރި ވިހަ ގޭސްތައް އަދިވެސް ޖައްވުގައި އެބަ ހުއްޓެވެ.

އެންމެ ހޫނު ގަދަ އަހަރުގެ ގޮތުގައި އަދި ރެކޯޑް ކުރެވިފައި ނުވި ނަމަވެސް އެންމެ ހޫނުގަދަ 5 އަހަރުގެ ތެރޭގައި ޔަގީނުންވެސް ގުނޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ކްލައިމެޓް ސައިންޓިސްޓް ކާސްޓަން ހޯސްޓީން، "ދަ ގާރޑިއަން" އާ ވާހަކަ ދައްކަމުން ބުނީ، ކޮރޯނާވައިރަސްގެ ކާރިސާއާއި ގުޅިގެން، ދަތުރުފަތުރާއި ފެކްޓްރީތަކުގައި ބޭނުންކުރާ ގޭހާއި މެދު ވިސްނާއެކަން ބަދަލު ކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ" ކަމަށެވެ.

މިހާތަނަށް އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 2016 ވަނަ އަހަރެވެ. ނަމަވެސް ނާސާގެ ގޮޑަރޑް އިންސްޓިޓިއުޓް އޮފް ސްޕޭސް ސްޓަޑީސް އިން ހާމަ ކުރި ރިޕޯޓެއްގައި ވެސް 2020 ވަނަ އަހަރަކީ އެންމެ ހޫނު ގަދަ އަހަރު ކަމުގައި ވެދާނެ ކަމުގެ 60 އިންސައްތަ ފުރުސަތު އޮތްކަމަށް ވަނީ ބަޔާން ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!