ދުނިޔެ

99 އިންސައްތަ ނަތީޖާ ސައްޙަ އެންޓި ބޮޑީ ޓެސްޓް ކިޓްތަކެއް، ދަތި ހާލަތަށް ބަދަލުތަކެއް ގެނުވާނެ

ދެން އެމްވީ ، ދެން އޮންލައިން

99 އިންސައްތަ ނަތީޖާ ސައްޙަ އެންޓި ބޮޑީ ޓެސްޓް ކިޓްތަކެއް ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕަށް ދީފިއެވެ.

Ads by WAMCO

މި ޓެސްޓަކީ 99 އިންސައްތަ ސައްހަ ނަތީޖާ ލިބިދޭ ޓެސްޓަކަށްވުމާއެކު މިއީ ކޮވިޑް-19 އަވަހަށް ދެނެގަނެވި އެކަމަށް ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެ ޓެސްޓެކެވެ. ބަލިތައް ދެނެގަތުމުގެ އާލާތް އުފައްދާ މަޝްހޫރު ކުންފުނި އެބޮޓް އިން ތައްޔާރު ކުރާ މި ޓެސްޓްގެ އެތައް މިލިއަން ކިޓް، މި ފެށޭ މޭމަސް ނިމުމުގެ ކުރިން ޔޫރަޕަށް ފޮނުވާނެއެވެ.

މި ޓެސްޓް ކިޓްތަކަށް އީ.ޔޫގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭކަމުގެ ސެޓްފިކެޓް ވެސް ވަނީ ލިބިފައެވެ. އަދި އިނގިރޭސިވިލާތުގެ ލެބޯޓަރިތަކުގައިވެސް މި ޓެސްޓް ކުރުމުގެ ހުއްދަވަނީ ދީފައެވެ.

އެބޮޓް އިން ހާމަ ކުރާ ގޮތުގައި މިހާރުވެސް އިނގިރޭސި ވިލާތާއި ޔޫރަޕްގައި ބޭނުންކުރާ މެޝިންތަކުގައި މި ޓެސްޓް ކިޓް ބޭނުން ކުރެވޭނެއެވެ. އަދި މި އެންޓިބޮޑީ ޓެސްޓްގެ ޒަރިއާއިން ބަލިޖެހިފައިވާ މިހުންގެ ދިފާޢީ ނިޒާމަށް އަންނަ ބަދަލު ދެނެގަނެވޭނެއެވެ.

އެހެންކަމުން މުސްތަގުބަލުގައި ކޮރޯނާވައިރަހުން ރައްކާތެރި ވުމާއިއެކު، ވަޒީފާއަށް ނިކުތުމަށް ވެސް މި ޓެސްޓް އެހީތެރިވެދެއެވެ. އަދި ފުޅާ ދާއިރާއެއްގައި މި ޓެސްޓް ކުރެވުމުން، ގައުމު ތަކުގައިވާ ލޮކްޑައުން އުވާލުމަށް ވެސް އެހީތެރިކަން ލިބޭނެއެވެ.

އެބޮޓް އިން ހާމަ ކުރި ގޮތުގައި މިވައިރަސްޖެހި ރަނގަަޅުވާ މީހުންވެސް ދެނެގަނެވޭ، މި ޓެސްޓަކީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ. އަދި މި ފަދަ ޓެސްޓަކަށް މިހާ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އުފެއްދުނު ކަމަށްޓަކައި އެކުންފުނީގެ ފަރާތުން ފަޚުރުވެރިވާ ކަމަށްވެސް އެބޮޓް އިން ހާމަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!