Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އެބޯލާއަށް ފަރުވާދޭ ބޭސް، ކޮވިޑް-19 ފަރުވާ ދިނުމުގައި ބޭނުން ކުރުމުގެ ހުއްދަ ދީފާނެ ކަމުގެ އިޝާރާތެއް

ރެމްޑެސެވިއަރގެ ނަން ދެވިފައިވާ އެންޓިވައިރަލް ޑްރަގަކީ، އެބޯލާ، މާރސް އަދި ސާރސް އަށްވެސް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭސް ކޮވިޑް-19 އަށް ފަރުވާ ކުރުމުގައި ބޭނުން ކުރެވިދާނެތޯބަލަން ކުރެވުނު ލެބޯޓަރީ ތަޙުލީލުތަކުން ވަރަށް އުއްމީދީ ނަތީޖާއެއް ވަނީ ދައްކާފައެވެ. އެހެންކަމުން ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ރެމްޑެސެވިއަރ ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޭޖެންސީއިން ދިނުމުގެ ފުރުސަތު އެބައޮތެވެ.

ކެލިފޯރނިޔާގެ ގިލީޑް ސައިންސަސްގެ ފަރާތުން ކުރި ދިރާސާއެއްގައި، މެޝިނުން އޮކްސިޖަން ދެމުންދިޔަ 397 މީހަކަށް މިބޭސް ދިނުމުން 14 ދުވަހުގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލެވޭވަރުވިއެވެ. ގައިންގަޔަށް އަރާބަލިތަކުގެ ތަޖުރިބާކާރު ޑޮޗްޓަރު، ޑރ. އެންތަނީ ފައުޗީ ވެސް ވަނީ މިދިރާސާގެ ނަތީޖާއަކީ ވަރަށް އުއްމީދީ ނަތީޖާއެއްކަމަށް ބުނެފައެވެ.

މި ބޭހަށް ހުއްދަ ލިބިއްޖެނަމަ މި ބޭސް ހިމެނޭނީ، ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެމެރިކާއިން ހުއްދަދިން ތިންވަނަ ބޭހަށެވެ. ކްލޮރޮކު އަދި ހައިޑްރޮކްސިކްލޮރޮކު ބޭނުން ކުރުމަށް މީގެ ކުރިން ވަނީ ހުއްދަ ދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް