ދުނިޔެ

26,000 މީހުންގެ މަރާއި އެކު ކޮވިޑް-19 ގައި 3 ވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިނގިރޭސިވިލާތް

ދެން އެމްވީ ، ދެން އޮންލައިން

26,000 މީހުންގެ މަރާއި އެކު ކޮވިޑް-19 ގައި 3 ވަނައަށް އެންމެ ގިނަ މީހުން މަރުވިގައުމަކަށް އިނގިރޭސިވިލާތް ވެއްޖެއެވެ. މިއީ ޔޫރަޕުން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ. 26،097 މީހުން މަރުވިކަމަށް މިއަދާ ހަމައަށް ރެކޯޑް ކުރެވުނު އިރު، އޭ. އެފް.ޕީ ގެ ރިޕޯޓްތައް ބުނާ ގޮތުން މިއީ ހޮސްޕިޓަލްތަކުގެ އިތުރުން ގޭގެއާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައި މަރުވި މީހުންވެސް ހިމެނުމުން ލިބޭ ޖުމްލަ އަދަދެދެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލުމާއި، އޭނާއަށް ފިރިހެން ކުއްޖަކު ލިބިގެން ގައުމަށް ކުޑަ އުފާވެރިކަމެއް ގެނުވި މި ދަނޑިވަޅުގައި މިއީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާނެ ޚަބަރެކެވެ. އިތުރު 4،419 މީހުންގެ މަރާއެކު، ހޯމަ ދުވަހު އޮފީހަށް ނިކުންނަން ފެށި ބޮރިސް އަށް މިވަނީ ބޮޑު ހާސްކަމެއް ކުރިމަތިވެފައެވެ. މަހަކަށް ވުރެ ދިގުދެމިގެން ދިޔަ ލޮކްޑައުން އަށް ލުޔެއް ދޭން މަސައްކަތް ކުރަން ފެށުމާއި އެކު މި ގައުމުން މަރުވި މީހުންގެ އަދަދު މިވަނީ ސްޕެއިން އާއި ފްރާންސް ފަތަށް ޖައްސާލާފައެވެ.

މިހާތަނަށް އިނގިރޭސިވިލާތުގެ އިސް ސަފުގައި މަސައްކަތްކުރާ 85 ސިއްޙީ އެހީތެރިއަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. ސިއްޙިއެހީތެރިންގެ ސަލަމާތާއި ރައްކާތެރިކަމަށް ބޭނުންވާ އާލާތް އެކަށީގެންވާ ވަރަށް ފޯރުކޮށް ނުދޭކަމުގެ ޝަކުވާ ވަރަށް ގިނަ ހޮސްޕިޓަލް ތަކުން ވަނީ ކޮށްފައެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުންމަރުވި އިޓަލީ އިން މިހާތަނަށް 27,682 މީހަކު މަރުވި އިރު އެންމެ ގިނައިން މީހުން މަރުވި އެމެރިކާއިން ވަނީ 61،669 މީހުން މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!