Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މި ސަރުކާރަށް ވަޢުދު ފުއްދުނީ ސިޔާސީ ވާދަވެރިކަން އެއްފަރާާތް ކުރުމުން: ރައީސް ޞާލިޙު

މި ސަރުކާރަށް ވަޢުދު ފުއްދުނީ ސިޔާސީ ވާދަވެރިކަން އެއްފަރާާތް ކުރުމުން: ރައީސް ޞާލިޙު
ބ.އަތޮޅުގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުނީ، ސިޔާސީ ވާދަވެރިކަމަށް ނުގޮސް، ވަޢުދުތައް ފުއްދަން މަސައްކަތް ކުރުމުން ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާލާސްކަންފުޅުގެ ސަބަބުން މެދުކަނޑުއްވައިލައްވައިފައިވާ ރިޔާސީ ކެމްޕެއިންގެ ދަތުރުފުޅުތައް މިއަދު ފައްޓަވައި، ބ.ގޮއިދޫގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ބ އަތޮޅުގެ ރަށްތަކަށް މިވެރިކަމުގައި ތަރައްޤީ ގެނެސްދެވުނުކަން ވެސް ރައީީސް ފާހަގަކުރެއްވިއެވެ. "ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހިނގާ ނިމެމުން އެދާ މަސައްކަތްތަކުގެ ނަތީޖާ އަކީ އެއީ. އަޅުގަނޑުމެންނަށް ކެބިނެޓާއި ކުންފުނިތަކާއި އެކީގައި މަސައްކަތް ކުރެވުނީ އެހެންވެ." ބ.އަތޮޅުގެ ރައްޔިތުން އަނިޔާވެރިކަމަށް އެނބުރި ދާކަށް ބޭނުން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިކަމުގައި ގޮތް ނިންމަންވީ ދުވަސް، 9 ސެޕްޓެމްބަރަކީ ވޯޓުލާ ދުވަސް، ތިޔަ ބޭފުޅުންގެ ނިންމުން ގުޅިފައި އޮތީ، ރާއްޖޭގެ މުސްތަޤްބަލާ."
ރައީސް ވިދާޅުވީ ވޯޓުލާ ދުވަހުގައި ރައްޔިތުން ނިންމަން ޖެހޭ ނިންމުމަކީ ތަރައްޤީ އާއިއެކުގައި ކުރިއަށް ދާނީތޯ ނުވަތަ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނިންމަންޖެހޭ ނިންމުން ކަމުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް