ޚަބަރު

ކޮވިޑް-19: ކަނޑިންމަ ރިސޯޓުން ފައްސިވީ މީހުންގެ އަދަދު 60 އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދ. އަތޮޅުގައި ގާއިމު ކޮށްފައިވާ ކަނޑިންމަ ރިސޯޓުން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ފައްސިވި ޖުމްލަ އަދަދު 60 އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ އެ ރިސޯޓުގައި ކަރަންޓީނުގައި ތިބި ބަޔަކުވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް ދެނެގަނެވިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

ކަނޑިންމަ ރިސޯޓުން ސާމްޕަލް ނަގަން ފަށާފައި މިވަނީ އެރިސޯޓުގެ މުވައްޒަފެއް ކަމަށްވާ އާދަމް ނަސީރު (60އ.) ކިޔާ މީހެއް، ހާލު ދެރަވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެންނެވެ. ނަސީރު ނިޔާވުމުގެ ކުރިން ކޮވިޑްގެ އަލާމާތްތަކެއް ހުރުމުން އޭނާ ޓެސްޓު ކުރިއެވެ. ނަމަވެސް ނަސީރު ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އޭނާ ނިޔާވި ފަހުންނެވެ.

އާދަމް ނަސީރު ނިޔާވީ ބަލިވެ އުޅޭތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!