ގައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ޢާއިލާގެ ދައުރު ބޮޑު: ހޯމް މިނިސްޓަރ
ގައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ޢާއިލާގެ ދައުރު ބޮޑު ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް ބޮޅަކީ ގައިދީއާއި އެމީހުންގެ އާއިލާގެ މީހުންނާއި އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތް ކަމަށެވެ.
އާއިލާތައް ފަސޭހައިން ގުޅުވާލަ ދިނުމަށާއި، ޚިދުމަތަށް އެދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ތައާރަފްކުރި އީސަރވިސް ޕޯރޓަލް "އެޓަމްސް" އިފްތިތާހު ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލުގެ ހާލަތު ހާލަތު ރަނގަޅު ކުރުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށާއި ޖަލުތަކުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ކުރާ މަސައްކަތް ކަމަށެވެ.
މިިދިޔަ އަހަރުން ފެށިގެން ގައިދީންނާބެހޭ މައުލޫމާތުތައް އަދި ކްލެމެންސީއާއި ޕެރޯލް އާއި ގައިދީންނަށް ދެވޭ ޚިދުމަތްތަކާ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި މިހުރިހާ މައުލޫމާތުތަކެއް އެއް ވިއުގަޔަކުން ގެނެސް ދިނުމަށްޓަކައި ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފަ. އުންމީދު ކޮށްގެން ތިބީ މިއަހަރުގެ ތެރޭގައި އެކަން ފުރިހަމަވެގެން ދާނެކަމަށް. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން އެމަސައްކަތް ވަނީ އަންނަ އަހަރަށް ފަސްކުރެވިފައި" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.