ދުނިޔެ

ރާޖަސްތާނުގެ އަވަށު ސްކޫލެއްގައި ކަރަންޓީނު ކުރި މީހުނަށް ލިޔަން ކިޔަން ދަސްކޮށްދީފި

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުން އަކީ ކުއްލިއަކަށް އިޢުލާންކުރި ކަމަކަށް ވާތީ، އެމީހަކު ދިރިއުޅޭ ތަން ނޫން އެހެން ތަންތަނުގައި ލޮކްޑައުންވާން ޖެހުނު މީހުން އުޅެނީ ވަރަށް ދަތި ޙާލުގައެވެ. ގިނަ މީހުނަށް ކާބޯއެއްޗެއް ވެސް ނުލިބެއެވެ.

Ads by Sosun Fihaara

ނަމަވެސް އިންޑިޔާގެ ރާޖަސްތާނުގައި ކަންތައް ހުރީ މިހެނެއް ނޫނެވެ. ރާޖަސްތާނުގެ ނަގޯރު ޑިސްޓްރިކްޓްގެ ކުޑަ އަވަށެއްގައި މިގޮތަށް ތާށިވާން ޖެހުނު މީހުން ބައިތިއްބާފައި ތިބި ސަރުކާރު ސްކޫލުގެ ޓީޗަރުން ވަނީ އެމީހުނަށް ކިޔަވާދޭން ފަށާފައެވެ.

ލޮކްޑައުން އިޢުލާން ކުރުމާއި އެކު މި ކުޑަ އަވަށުގައި ތާށިވި 19 މީހުންނަކީ މަދްޔަޕްރަދޭޝް އަދި ރާޖަސްތާނުގެ ބަރަން ޑިސްޓްރިކްޓްގެ ރަށްވެހިންނެވެ."ޕީ.ޓީ.އައި" އާ ވާހަކަ ދައްކަމުން، ދޯދިޔާނަ އަވަށުގެ ގަވަރމެންޓް ސީނިއަރ ހަޔަރ ސެކަންޑަރީ ސްކޫލްގެ ޓީޗަރަކު ހާމަ ކުރި ގޮތުގައި، މި މީހުނަށް ކޮންމެ ދުވަހަކު ކްލާސްތައް ނަގައި ދެމުން ގޮސް މިހާރު އަމިއްލަ ނަންލިޔެ، 10-0 އަށް ގުނަން އެނގެއެވެ. އަދި ފޯނުން މީހުންގެ ނަން ހޯދާ، ނަން ފޯނަށް ސޭވްކުރަން އެނގެއެވެ.

މި މީހުންނަކީ ލޮކްޑައުން ކުރުމާއި އެކު ހިނގާފައި އެމީހުންގެ އާއިލާ ގާތަށް ދިއުމަށް، ދިގު ރާސްތާއެއް ކަޑައްތު ކުރިފަހުން، ޕޮލިހުން ހުއްޓުވައިގެން ގެނެސް މި އަވަށުގައި ކަރަންޓީނު ކުރި ބައެކެވެ.

މޭ 18 އާ ހަމައަށް އިތުރު ކޮށްފައިވާ ލޮކްޑައުންގެ ތެރެއިން އެކި ތަންތަނުގައި ކަރަންޓީނުވާން ޖެހުނު އެހެން މީހުނަށް ވެސް މިފަދައިން ރަނގަޅަށް ކަންތައް ވެފަ އެބަ ހުއްޓެވެ. މިގޮތަށް ހިނގާފައި ދިޔަ 74 މީހުންގެ ގްރޫޕެއް ހުއްޓުވާ މަދްޔާޕްރަދޭޝްގެ ސްކޫލެއްގައި ކަރަންޓީނު ކޮށް އެމީހުނަށް ހެޔޮކޮށް ހިތީތީވެ، އެމީހުން ވަނީ އެ އަވަށު ސްކޫލު މަރާމާތުކޮށް، ސިމެންތިޖަހާ ކުލަވެސް ލައިދީފައެވެ.

ލޮކްޑައުން އަށް ސަރުކާރުން ލުޔެއް ދިނުމުން މިގޮތަށް އެކި ތަންތަނުގައި ބަންދުވި މީހުން އެމީހުންގެ އާއިލާ ގާތަށް ފޮނުވުމަށް، ސްޓޭޓްތަކުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!