ދުނިޔެ

އިންޑިޔާއިން 2.8 މިލިއަން ގުޅަ ހައިޑްރޮސިކްލޮރޮކުއިން 25 ގައުމަކަށް ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާކުރުމަށް ބޭނުން ކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އަދި މެލޭރިޔާއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ހައިޑްރޮސިކްލޮރޮކުއިންގެ 2.8 މިލިއަން ގުޅަ އިންޑިޔާއިން އެކި ގައުމުތަކަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

ދުނިޔޭގައި އެންމެ ގިނައިން މި ބޭސް އުފައްދާ ގައުމު ކަމަށްވާ އިންޑިޔާއިން ވަނީ 1.9 މިލިއަން ގުޅަ ޕެރެސެޓްމޯލްވެސް އެކި ގައުމުތަކަށް ފޮނުވާފައެވެ. މިއީ ގައުމުތަކުން ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް ދެވޭ ހިލޭ އެހީއެކެވެ.

މީގެ އިތުރުން 87 ގައުމަކަށް އިންޑިޔާއިން ވަނީ ހައިޑްރޮސިކްލޮރޮކުއިން އަދި ޕެރެސެޓްމޯލް ވިއްކާފައެވެ. ކޮރޯނާވައިރަސް އާއި އެކު ޑިމާންޑް ބޮޑުވެގެންދިޔަ މި ދެ ބޭސް ހޯދުމަށް ގިނަގައުމުތަކުން ދަނީ އިންޑިޔާގެ އެހީއަށް އެދެމުންނެވެ. އެގޮތުން އެމެރިކާ އިން ހައިޑްރޮސިކްލޮރޮކުއިންގެ ހަތަރު މިލިއަން ގުޅައަށް އޯޑަރު ކުރުމުން އިންޑިޔާއިން ދޭން އެއްބަސްވެފައިވަނީ 3.5 މިލިއަން ގުޅައެވެ.

ނިއުސް އޭޖެންސީ، އޭ.އެން.އައިގެ ރިޕޯޓް ބުނާގޮތުން މިހާތަނަށް، ބަނގްލަދޭޝްއަށް 2 މިލިއަން، ނޭޕާލަށް 1 މިލިއަން، ބޫޓާނަށް 2 ލައްކަ، ސްރީލަންކާއަށް 1 މިލިއަން، އަފްޣާނިސްތާނަށް 5 ލައްކަ އަދި ދިވެހިރާއްޖެއަށް 2 ލައްކަ ގުޅަ ހައިޑްރޮސިކްލޮރޮކުއިން އިންޑިޔާއިން ވަނީ ފޮނުވާފައެވެ. އިންޑިޔާއިން މި ބޭސް ފޮނުވުމަށް ހަމަޖެހިފައިވާ ލިސްޓްގައި ދެން ހިމެނެނީ ސްޕެއިން، ޖަރުމަން، ބަހްރައިން، ބްރެޒިލް އަދި އިޒްރޭލް އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!