Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ކޮލަމާފުށި ކައުންސިލަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރާނެ ރަށެއްދީފި

ކޮލަމާފުށި ކައުންސިލަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރާނެ ރަށެއްދީފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރުމަށް ގއ. ކޮލަމާފުށި ކައުންސިލަށް އެ ރަށް ކުރިމަތީގައި އޮންނަ ފަޅުރަށެއް ދީފިއެވެ.

މިކަން ހާމަކޮށް ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮލަމާފުށީ ކައުންސިލަށް ގއ. ހުރެންދޫ ދިނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ ބޭނުންތަކަށް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތަކާ އެކު ކައުންސިލަކާ ހަވާލުކުރުމުގެ ބާރު ރައީސަށް އޮންނާތީ އެ އުސޫލުގެ ދަށުން ކަމަށެވެ.

އަދި ކުރެންދު އަކީ މިހާރު އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ، އެ ރަށް ބެލެހެއްޓުން ގއ. ކޮލަމާފުށި ކައުންސިލާއި އިއްޔެ ހަވާލުކޮށްފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

Advertisement
HDC — Sidebar (box)

ކައުންސިލުން ބުނީ އެ ފަޅުރަށް ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ކޮލަމާފުށި ކައުންސިލާ އެ ރަށް ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް