ރަޝިއާގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ފައްސި ވެއްޖެ
ރަޝިޔާގެ ބޮޑުވަޒީރު މީޚާއީލް މިޝުޓްސްޓިން ކޮވިޑް-19 ށް ފައްސި ވެއްޖެއެވެ. ބޮޑުވަޒީރަށް ބަލި ޖެހުނު ކަން ހާމަ ކޮށްފައިވަނީ ޖަރުމަނު ރައީސް ޕުޓިން އާ އެކު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއްގައެވެ.
މި ވީޑިއޯ ކޮންފެރެންސްގައި، ކޮވިޑް-19 އަށް ފައްސި ވުމާއެކު އެކަހެރިވާން ޖެހޭތީ، ބޮޑުވަޒީރުގެ ޒިންމާތައް ބޮޑު ވަޒީރުގެ ނައިބަށް ހަވާލު ކޮށްދެއްވުމަށް ބޮޑުވަޒީރު ވަނީ ޕުޓިން ގެ އަރިހުގައި އެދިފައެވެ.
އެއާއެކު ޕުޓިން ވަނީ ބޮޑު ވަޒީރު ގެ ނައިބު އަންދްރޭ ބެލޫސޯވް އާ ބޮޑުވަޒީރުގެ ޒިންމާތައް ވަގުތީ ކޮށް ހަވާލުކޮށް ގަރާރެއް ނެރެފައެވެ.
މިއީ ރަޝިއާގެ އިސް ބޭފުޅަކަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.
ރަޝިއާގައި މިހާތަނަށް 124054 މީހަކަށް ކޮވިޑް19 ޖެހި 1222 މީހަކު ވަނީ މަރުވެފައެވެ.
Ads by Allied Insurance