Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ދީން

ހިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް ސުލްހަވެރިކަން އިސްކުރަން ޖެހޭ: ޚުތުބާ

ހިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް ސުލްހަވެރިކަން އިސްކުރަން ޖެހޭ: ޚުތުބާ

ހިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ދޫކޮށް ސުލްހަވެރިކަން އިސްކުރަން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "އަމަން އަމާންކަމުގެ ނިޢުމަތް" މިއެވެ.

ހުތުބާގައި ބުނެފަައިވަނީ ޤައުމާއި މުޖްތަމަޢުގެ އަމަން އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ޤައުމުގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށެވެ. އެކަމަށްތަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެެހޭ ކަންތައްތައް ގިނަ ކަމަށާއި އޭގެ ތެރެއިން އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކަީ ހިޔާލު ތަފާތުވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން އިސްކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އަދި އަމަން އަމާންކަމާއި ހަމަޖެހުމަކީ އެންމެންގެ މެދުގައި އޮންނަ ލޯތްބާއި, އެކުވެރިކަމާއި, އަޅާލުމުގެ ނަތީޖާ ކަމަށާއި ސުލްހަވެރިކަން ދޫކޮށްލުމަކީ އަމަން އަމާންކަމާއި ހަމަޖެހުން ގެއްލިދާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މުޖްތަމަޢުގައި އަމަން އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރަންވީ އެއް ކަމަކި ހެޔޮކަންތައްތައް ގިނަކޮށް, ނުބައި ކަންތައްތަކާއި ދުރުހެލިވުން ކަމަށާއި ފާފަތަކަށް އަރައިގަތުމަކީ ނުބައިކަން ފެތުރި އަމަން އަމާންކަމާއި ހަމަޖެހުން ނެތިދާ ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް