ދުނިޔެ

"ކޮވިޑް-19 އަށް ވެކްސިނެއް ނުއުފެއްދި އަބަދު މި ބައްޔާއި ލޮކްޑައުންގައި އުޅެން ޖެހިދާނެ"

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ކާމިޔާބު ނުވެ އަބަދު މި ބަލިމަޑުކަމުގައި ލޮކްޑައުންވެގެން ތިބެން ޖެހިދާނެކަމަށް އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރެއް ހާމަ ކޮށްފިއެވެ.

Ads by WAMCO

ކޮވިޑް19 އަށް ވެކްސިނެއް ހޯދަން އިނގެރޭސި ވިލާތުގައި އެންމެ ބޮޑަށް މަސައްކަތް ކުރާ ދެ ކޮލެޖްގެ ތެރެއިން އިމްޕީރިއަލް ކޮލެޖްގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއަށް ވެސް ކަނޑައަޅާފައި ހުންނަ ޚާއްސަ އެންވޯއީ ޑރ. ޑެވިޑް ނަބާރޯ ހަމާ ކުރެއްވި ގޮތުގައި ވެކްސިނެއް އުފެއްދިދާނެކަމަށް އަދި ގަބޫލު ކުރަން ދައްޗެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ފަރާތުން ތައްޔާރު ކުރި ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަ ދެއެވެ. އަދި އެމެރިކާއިން ވެސް އެހެން ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ވެކްސިނެއް އުފެއްދުމަށް އެދި އާންމުންގެ ފިއްތުން ސައިންޓިސްޓުންނަށް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މިއީ އިންސާނުން ބޭނުން ކުރުމަށް އުފައްދާ ވެކްސިނެއް ކަމުން، މެޝިނަކަށް ތައްޔާރު ކުރާ އެއްޗަކަށް ވުރެ އުނދަގޫ މަރުޙަލާތަކެއް މިކަމުގައި އެކުލެވިގެން ވެއެވެ.

މިކަމުގެ އުނދަގޫ ޙާލަތު ސިފަކޮށް ދެމުން ޑރ. ނަބާރޯ ސީއެންއެންއަށް ބުނެފައިވަނީ "ދެން އަބަދުވެސް މާސްކް އަޅައިގެން އުޅެން ޖެހިދާނެކަމާ، ވެކްސިނެއް ނުހޯދޭ އެތައް ވައިރަސް ވާ ކަމާ، މި ވައިރަހަށްވެސް ވެކްސިނެއް ނުހޯދި، އަބަދު މި ލޮކްޑައުންގައި އުޅެން ޖެހިދާނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެއްވެސް ފިޔަވަޅެއް ނާޅައިފި ނަމަ، މި ބަލީގައި މިލިއަނެއްހާ މީހުން މަރުވެދާނެކަމަށް ލަފާކޮށް، އިނގިރޭސިވިލާތުގައި އޮތް ލޮކްޑައުން ދަމަހައްޓަން، އިމްޕީރިއަލް ކޮލެޖުން ވަނީ ސަރުކާރަށް ލަފާ ދީފައެވެ. މިބަލީގެ ސަބަބުން އަމިއްލަ މަސައްކަތްތެރިން މަގުމަތިވެ، ކާނާ އުފައްދާ ކުންފުނިތައް، ރީޓެއިލް ވިޔަފާރި، ފަތުރުވެރިކަން އަދި ދަތުރުފަތުރުގެ ހުރިހާ ވިޔަފާރި ހުއްޓޭނެއެވެ. މިކަމުގެ ސަބަބުން ދުވާލަކަށް 2.4 ބިލިއަން ޕައުންޑްގެ ގެއްލުމެއް އިނގިރޭސިވިލާތަށް ވާނެކަމަށް ލަފާކުރެވެއެވެ. އަދި މިއީ މި 100 އަހަރުގެ ތެރޭގައި އިގްތިސާދު އެންމެ ދަށަށް ދާނެ ފަހަރު ކަމަށްވެސް ވަނީ ބެލެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!