ލައިފްސްޓައިލް

ލޯބިވާނަމަ ލޯބިވާ މީހާއަށް އެލޯބި ހުށަހެޅުން ލަސް ނުކުރާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯތްބަކީ ގަސްތުގައިވާ އެއްޗެއް ނޫނެވެ. އަދި ބޭނުން ވިޔަސް ނުވިޔަސް ވެވޭ އެއްޗެކެވެ. ބޭއިޚުތިޔާރުގައެވެ. އަދި ލޯތްބަކީ ކޮބައިކަން ބައެއް އާންމުންނާ ކޮށްލި ސުވާލުތަކަށް ލިބުނު ޖަވާބު ތަކަކީ “ އެއީ އެކުގައި ވަގުތު ހޭދަކުރަން ބޭނުން ވުން. އަބަދުވެސް ގާތުގައި ހުންނަން އެދުން. އަބަދުވެސް އޭނަގެ އަޑު އަހަން ބޭނުން. ލޯކުރިމަތީ ފެންނަ ހިސާބުގައި އޭނާ ވުމަށް އަބަދުވެސް އެދުން “ މިފަދައިންނެވެ.

Ads by MWSC

ހަގީގަތިގައި ވެސް ލޯތްބަކީ މިއީއެވެ. އަބަދާއި އަބަދު ގާތުގައި ވާން އެންމެ ބޭނުންވާ މީހާއަކީ ތިމާގެ ޙަޔާތުގެ ވަރަށް ޚާއްސަ މަޤާމެއް ދެވިފައިވާ މީހަކަށް ވެގެން ދެއެވެ. އަދި ތިމާ އެކަން ގަބޫލު ކުރަން ބޭނުން ނުވި ކަމުގައި ވީނަމަވެސް މެއެވެ. ތިމާ އެންމެ ގާތުގާ ވާން ބޭނުންވާ މީހާއަށް ދެރަ ގޮތެއް ވުމަށް ނޭދޭ ޙާލު، އެމީހާއަށް އުފާވެރިކަމެއް ދިމާވުމުން އެކަމާ ތިބާ ވެސް އުފާ ވާނެއެވެ.

ވީއިރު އެ ހިސާބުން ތިބާއަށް އޭނަ ދެކެ ބޭއިޚުތިޔާރުގައި ލޯބި ވެވިއްޖެކަން އެނގުމުން އެލޯބި އޭނާއަށް ހުށަހެޅުން ލަސް ނުކުރާށެވެ. އެހެން ހުއްޓާ އޭނާ އެހެންމީ ހެއްގެ ހައްގަކަށް ވެގެން ހިނގައިދާނެއެވެ. ފަހުން އެކަމާ ދެރަވެ ހިތާމަކުރަން ޖެހިދާނެއެވެ. ލޯބި ހުށަހެޅުމުން ތިމާގެ ހިތަށް ވެސް ހިތް ހަމަޖެހުން ލިބިގެން ދާނެކަން އެނގޭ ހެއްޔެވެ؟ ހިތުގައި އެފަދަ ކަންކަން ފޮރުވާފައި ބެހެއްޓުމަށް ވުރެ ހިތަށް މާ ލުއިވެގެން ދާނެއެވެ.

ތިމާދެކެ އޭނާ ރުޅި އައިސްދާނެތީ ލޯބި ހުށަނާޅާ ނުހުންނާށެވެ. އެއީ އެއްވެސް މީހަކު ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ވީއިރު އެކަން އެހެން ދިމާވުމުން އަދި އެ ލޯބި ހުށަހެޅުމުން އެކަމާ ރުޅި އަންނަންވީ ސަބަބެއް ފަހެ ބުނެދީ ބަލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!