Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

ޝަމްވީލްގެ "ފެނި ފަތިހު ފިނީ" ރީމޭކް ބަލައިފިންތަ؟

ޝަމްވީލްގެ "ފެނި ފަތިހު ފިނީ" ރީމޭކް ބަލައިފިންތަ؟

މޯލްޑިވިއަން އައިޑަލް އިން އާންމުންގެ ތެރެއަށް މަޝްހޫރުވި ލަވަކިޔުންތެރިޔާ ޝަމްވީލް މުހައްމަދު (ބަރޯ) އާ މިއުޒިކް ވީޑިއޯ އިއްޔެ ރިލީޒްކޮށްފިއެވެ.

ޝަމްވީލް އަކީ ގިނަ ދިވެހީންނަށް އައު ނަމަކަށް ނުވާނެއެވެ. ގިނަ ބަޔަކަށް ޝަމްވީލް އެނގިގެން ދިޔައީ މޯލްޑިވިއަން އައިޑޮލް ސީޒަން 2 އިންނެވެ. އޭނާއަކީ މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ ސެކަންޑް ރަނަރއަޕް އެވެ. މޯލްޑިވިއަން އައިޑޮލް އަށް ފަހު ވެސް ޝަމްވީލްގެ ގިނަ ލަވަތަކެއް އޭނާގެ ފޭނުންނާއި ހަމައަށް ވަނީ ގެނެސްދީފައެވެ.

ޝަމްވީލްގެ އަޑު މިހާރު ދިވެހީންގެ ތެރޭގައި ބޮޑަށް މަގުބޫލު ވެފައިވަނީ ލޯބީގެ ލަވަތަކަށް ޚާއްޞަ އަޑެއްގެ ގޮތުގައެވެ. އޭނާއަކީ ގިނައިން ލޯބީގެ ލަވަތަކަށް ހާއްސަކޮށް ލަވަކިޔާ ފަންނާނެކެވެ. އެކި ލަވަތަކުގެ ރީމޭކް ހަދައި އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ޝަމްވީލް ވަނީ ހޯދާފައެވެ.

Advertisement
Allied — Dhen Online (box)

މީގެ ކުރިން ޝަމްވީލް ވަނީ 5 "ލަވް މެޝަޕް" އެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. އެ މެޝްއަޕްތައް ވެސް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ޝަމްވީލް މިފަހަރު ގެނެސްދިނީ އަންތަރީސް ބޭންޑުގެ ލަވައެއް ކަމަށްވާ "ފިނި ފަތިހު ފިނީ"ގެ ރީމޭކެކެވެ. ޝަމްވީލް ކިޔާފައިވާ މި ލަވައިގެ މިއުޒިކް ކޮމްޕޯޒް ކުރީ ސްޓަލްޒް އިންނެވެ.

އެހެން މިއުޒިލް ވީޑިއޯތަކާއި ހިލާފަށް މިފަހަރު ތަފާތު ކޮރިއޮގްރަފީ އެއް ވެސް ވަނީ މި ލަވައިން ފެނިގެންގޮސްފައެވެ. ކޮރިއޮގްރަފީ ތައްޔާރު ކޮށްފައިވަނީ ޝަރަފުލް އަމީރް (ކުޑަ ރިޗާޑް)އެވެ. ނެށުމުގައި ހިމެނެނީ "ވަން ޝޮޓް އެންޓަޓެއިންމެންޓް"ގައި ހިމެނޭ ޒުވާނުންނާއި ބިދަބިން ބޮޑުބެރު ގްރޫޕުގައި ހިމެނޭ ޒުވާނުންނެވެ. މި ލަވައިގެ ވީޑިއޯގެ މަސައްކަތް ކުރީ މާސްކޭ ސްޓޫޑިއޯ އިންނެވެ.

ޝަމްވީލްގެ މި ލަވަ ޔޫޓިއުބުން ބަލާލެވޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް