ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ދަށު ދަރަޖައިގައި: އަދުރޭ

ރާއްޖޭގެ ހާލަތު މިހާރު އޮތީ ވަރަށް ދަށު ދަރަޖައިގައި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން މި ގައުމު ސުންނާފަތި ކުރީ ކޮން ބައެއްކަން ހަނދާނުގައި އެބަހުރި ކަމަށާއި އެ މަންޒަރު މިއަދު ވެސް ލޮލަށް ފެންނަމުންދާ ކަމަށެވެ.
އަދި ވާހަކަދައްކަވާނީ ކެރިގެން ކަމަށާއި ވާހަކަ ދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ވާހަކަ ދައްކާނީ އެއް ޕޯޑިއަމެއްގައި ތިބެގެން. އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމުގައި ތިބެގެން އަޅުގަނޑުމެން ސިޔާސީ ވާހަކައެއް ނުދައްކާނަން” އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން މި ގައުމުގައި ރައްޔިތުން އެދޭ ގޮތަށް އެއްވެސްކަމެއް ބައްޓަންވެފައި ނެތްކަމަށާއި ދިވެހިންގެ އަތްމަތީގައި ދިވެހީންގެ ބާރުތައްވެސް ނެތްކަމަށް އަދުރޭ ވިދާޅުވިއެވެ.






ކޮމެންޓް