ދުނިޔެ

ކޮވިޑް-19ގެ ރިސަރޗް ކުރަމުންދިޔަ ޕްރޮފެސަރަކު މަރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ، ޔުނިވަރސިޓީ އޮފް ޕިޓްސްބަރގްގެ ރިސަރޗް ، އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ބިންގ ލިއު، ކޮވިޑް-19 އާ ގުޅޭ ވަރަށް މުހިންމު ރިސާޗްތަކެއް ކުރަމުން ދަނިކޮށް މަރާލައިފި ކަމަށް، ޕޮލިހުން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ބިންގ ގެ ހަށިގަނޑު އޭނާގެ ގެއިން ފެނުނުއިރު ބޮލުގެ އިތުރުން ހަށިގަނޑުގެ އެތައް ތަނަކަށް ބަޑިން ހަމަލާ ދީފައިވެއެވެ.

ބިންގގެ ގޭގެ ކައިރީގައިވާ ކާރެއްގެ ކައިރިން އިތުރު މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ. ޕޮލިހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހަކީ ބިންގ އަށް ބަޑިން ހަމަލާ ދިނުމަށްފަހު، ކާރު ކައިރިއަށް ގޮސް އަމިއްލައަށް ބަޑިޖަހައިގެން މަރުވެފައިވާ މީހެކެވެ. މި ދެމީހުންނަކީ ވެސް އެކަކު އަނެކަކު ދަންނަ ދެމީހުންކަމަށް ވިޔަސް، ބިންގ މަރާ ލެވުނީ، ބިންގ އަކީ ޗައިނާމީހަކަށް ވާތީ ކަމަށް ބެލޭނެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ހޯދިފައެއް ނެތެވެ.

ބިންގ މަސައްކަތް ކުރަމުން ދިޔަ ޔުނިވަރސިޓީއިން ވަނީ، ބިންގ ގެ މަރާއި ގުޅިގެން އާއިލާއާއި ރައްޓެހިންނަށް ތަޢުޒިޔާ ކިޔާ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި، ބިންގ އަކީ ފާހަގަ ކުރެވޭ ދިރާސާތައް ކޮށްފައިވާ މީހެއްކަމާއި، އަދި އެކީގައި މަސައްކަތްކުރަން ފަސޭހަ މީހެއްކަން ބަޔާންކޮށް، ބިންގގެ ކުއްލި މަރުގެ ސަބަބުން މުޅި ޔުނިވަރސިޓިއަށް ސިހުން ލިބިފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ބިންގ މަރާލެވިފައިވަނީ ކޮވް-2 އަދި ސާރސް ޖައްސާ ވައިރަސްއާއ ބެހޭގޮތުން ކުރިން ހޯދިފައިވާނުވާ ވަރަށް މުހިންމު މައުލޫމާތެއް ހާމަ ކުރުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!