Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަންހެނުން ވަރިވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގާތުން، އޭނާގެ އަންހެނުން މަރީނާ ވީލަރ ވަރި ވެއްޖެއެވެ.

ކޯޓް މެދުވެރިކޮށް ހިނގައިދިޔަ މިވަރިއާއި ގުޅިގެން ބޮރިސް ހިމެނިފައިވަނީ މިދިޔަ 250 އަހަރުގެ ތެރޭގައި މަގާމުގައި ހުރެ އަނބިމީހާ ވަރިކުރި ފުރަތަމަ އިނގެރޭސި ބޮޑުވަޒީރަށެވެ.

2018 ވަނަ އަހަރުން ފެށިގެން މަރީނާއާއި ބޮރިސް ވަކިން ދިރިއުޅެމުން ދިޔަ ނަމަވެސް ވަރިއަށް އެދި ކޯޓަށް ހުށަހެޅީ މިއަހަރުގެ ފެބްރުއަރީގައެވެ.

Advertisement
Ooredoo — Square (box)

ބޮރިސްގެ އަންހެނުން ވަރިވާން ހުށައެޅުމާއި އެކު އޭނާ ވަނީ، މިހާރުގެ ލޯބިވެރިޔާ ކެރީ ސިމޯންޑްސްއާއި އެންގޭޖްވިކަން އިޢުލާން ކޮށްފައެވެ. އަދި މަރީނާ ވަރިވިތާ ކުޑަދުވަސްކޮޅެއްފަހުން ލޯބިވެރިޔާ ކެރީގެ ފަރާތުން ބޮރިސްއަށް ވަނީ ކުއްޖަކު ވެސް ލިބިފައެވެ.

ވަރިވި އަނބިމީހާ ، މަރީނާ އަކީ އިންޑިއާ ނަސްލުގެ މީހެކެވެ. އޭނާގެ މަންމަ ނިސްބަތްވަނީ އިންޑިޔާގެ ޕަންޖާބަށެވެ. ބޮރިސް އާއި މަރީނާއަށް ލިބިފައިވާ ހަތަރު ކުދިން މިހާރު ވަނީ ބޮޑެތި ވެފައެވެ.

މަރީނާއަކީ ބޮރިސްގެ ދެވަނަ އަނބިމީހާއެވެ. ފުރަތަމަ އަނބިމީހާ އަލެގްރާ މޮސްޓިން އޮވެންއާއި ބޮރިސްގެ ކައިވެނި ދެމިއޮތީ 1987 އިން 1993 އަށެވެ.

ބޮރިސްގެ ކުރިން މަގާމުގައި ހުރެ، އަންހެނުން ވަރި ކުރަން ޖެހުނު ބޮޑު ވަޒީރަކީ 1769 ގައި އަންހެނުން ވަރިކުރި އޮގަސްޓަސް ފިޒް ރޯއީ އެވެ. ރޯއީގެ އަންހެނުން އެހެން މީހަކާ ގުޅުން އޮންނަ ކަން އެނގި، އެމީހާއަށް ބަލިވެ އިނުމުން ޕާލިމެންޓް އެކްޓުގެ ދަށުން ވަރިނަގައި ދިނީ 1769 ވަނަ އަހަރުގެ މާރޗް މަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް